Ads by Farudhun

ޚަބަރު

ރޯދަ މަހުގެ ކުރިން އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ހައްލުވާނެ: ފަހުމީ

ރޯދަ މަހުގެ ކުރިން އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ހައްލުވާނެ: ފަހުމީ

ފަހުމީ ދެކުނުގެ ދެ އަތޮޅަށް ވަޑައިގެންނެވުން / ފޮޓޯ: އެމްޑަބްލިއުއެސްސީ

farudhun logo

ފަރުދުން

05 ނޮވެމްބަރު 2026، 06:14

05 ނޮވެމްބަރު 2026، 06:14

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ، ދެކުނުގެ މި ދެ ސިޓީގެ ފެނުގެ ހާލަތު ބައްލަވައިލެއްވުމަށާއި، އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެހެނިހެންކަންކަމަށް މިހާރު އެ ސަރަޙައްދަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި އައްޑޫ އާއި ފުވައްމުލަކުން އެމްޑަބްލިއުއެސްސީގެ ޚިދުމަތް ހޯދަމުންދާ ކަސްޓަމަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ތަޢާރަފުކޮށްފައިވާ މޯބައިލް އެޕްލިކޭޝަނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޚާއްޞަ ހަރަކާތްތަކެއްވެސް މި ދަތުރުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.

އެމްޑީ ފަހުމީ ވިދާޅުވީ، މީގެ ކުރިން މި ދެ ސިޓީގައި ފެނުގެ ޚިދުމަތް ދެމުންދިޔަ ގޮތާމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެމްޑަބްލިއުއެސްސީން މި ޚިދުމަތާ ހަވާލުވުމާއެކު ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ އެ ކަންބޮޑުވުންތައް ކައިރިން ބައްލަވައި، ރަމަޟާން މަސް އަންނަންވާއިރަށް އެ ދެ ސިޓީގެ ފެނުގެ ޚިދުމަތް ފުރިހަމައަށް ރަނގަޅުކޮށް، ވެރިރަށް މާލެއެކޭ އެއް ފެންވަރަކަށް ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ފެނުގެ ޚިދުމަތް މާލެއެކޭ އެއް ފެންވަރަކަށް ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އެގޮތުން މުވައްޒަފުން އިތުރަށް ތަމްރީނުކުރުމާއި، މިހާރު ބޭނުންކުރަމުންދާ މެޝިނަރީތައް ރެގިއުލޭޓްކޮށް، ޚިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މީގެ ކުރިން ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް، ސަރުކާރުން ފެނަކަ އުވާލުމަށް ނިންމުމާ ގުޅިގެން، އެ ދެ ސިޓީގެ ފެނުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފުރިހަމައަށް ދިނުމުގެ އެންމެހައި ޒިންމާތަކާ މިހާރު ރަސްމީކޮށް ހަވާލުވެފައިވަނީ އެމްޑަބްލިއުއެސްސީންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450