Ads by Farudhun

ޚަބަރު

އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން ގިނަ ހައުސިން ޔުނިޓުތަކެއްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން ގިނަ ހައުސިން ޔުނިޓުތަކެއްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

އެފޯޑަބަލް ހައުސިން މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން / ޕީއެސްއެމް

farudhun logo

ފަރުދުން

05 ނޮވެމްބަރު 2026، 08:55

05 ނޮވެމްބަރު 2026، 08:55

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ ގިނަ އަދަދެއްގެ ހައުސިންގ ޔުނިޓުތަކެއްގެ ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫޢުގެ ތެރެއިން މިއަދު މަސައްކަތް ފަށާފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ 364 ހައުސިންގ ޔުނިޓުގެއެވެ. އެގޮތުން، އޭގެ ތެރެއިން 182 ޔުނިޓެއްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބިނާކުރާ ފްލެޓްތަކަކީ ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވި، ކުލި ދައްކައި ޚަލާސްވުމުން އެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަމަޖެހިފައިވާ ތަންތަނެވެ. އަދި މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕްރޮޖެކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވީ، މުޅި މަޝްރޫޢުގެ ތެރެއިން މިހާރު 3،260 އެޕާޓްމެންޓުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 1 ގައި އަޅާ ފްލެޓްތަކަށް ބޭނުންވާ ޑިޒައިން ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރު ސުޕަރ ސްޓްރަކްޗަރ ނިންމާލާ، ދެން އަންނަ އަހަރު ފިނިޝިންގެ މަސައްކަތް ނިމޭނެ. 2028 ވަނަ އަހަރު ޖުލައި މަހަށް މުޅި މަޝްރޫޢު ނިންމާލުން އުއްމީދަކީ،" ޝަރާހު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކެކެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢު ވެގެންދާނީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި މަސައްކަތް ފަށައި، ފުރިހަމައަށް ނިންމުމަށްފަހު ޙައްޤުވެރިންނާ އެ ތަންތަން ޙަވާލުކުރެވޭނެ ފުރަތަމަ ހައުސިންގ މަޝްރޫޢަށެވެ. މިއީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450