Ads by Farudhun

ޚަބަރު

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ 68 އިންސައްތަ ނިމިއްޖެ: 4،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ތައްޔާރުވަނީ

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ 68 އިންސައްތަ ނިމިއްޖެ: 4،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ތައްޔާރުވަނީ

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރުން - ފޮޓޯ: އެމްއޭސީއެލް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ނޮވެމްބަރު 2026، 10:05

06 ނޮވެމްބަރު 2026، 10:05

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މިހާތަނަށް 115 ހެކްޓަރުގެ ބިން ކާމިޔާބުކަމާއެކު ހިއްކައިފިއެވެ. މިއީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 68.8 އިންސައްތަ މަސައްކަތެވެ.

މިހާރު އެކުލަވާލާފައިވާ ލޭންޑް ޔޫޒް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް ޖުމްލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ދަ ނެދަލަންޑްސް" ގެ އިތުރުން "އޮރާންޖެ"  ދަނީ ފަޅު ހިއްކުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި މަޝްރޫޢުގެ މާލީ ކަންކަން ހަމަޖެއްސުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން އެމްއޭސީއެލް އަށް ވަނީ 650.7 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައެވެ. މި ފައިނޭންސިންގ އާއެކު މަޝްރޫޢު ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވެއެވެ.

އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައިރު ފަޅުފަޅުންނާއި، ގިރިގިރިން ދީފައިވާ ގޯތިތައް ހިއްކައި ހަގީގަތަކަށް ހަދާ ދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއިއެކު އަދި އެހާމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތައް އަވަހަށް ހަޤީޤަތަކަށް ހަދައިދިނުމެވެ. އެގޮތުން، ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުނުހާ އަވަހަކަށް، އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް އިންވަކިކޮށް، ރަސްމީކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން މިހާރު ދަނީ އެންމެ އިސްކަމެއް ދީގެން ތައްޔާރުވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450