Ads by Farudhun

ޚަބަރު

މަނީ ޗޭންޖަރުންގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް އެމްއެމްއޭ އިން ޚާއްޞަ ސިސްޓަމެއް ތައާރަފުކޮށްފި

މަނީ ޗޭންޖަރުންގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް އެމްއެމްއޭ އިން ޚާއްޞަ ސިސްޓަމެއް ތައާރަފުކޮށްފި

އެމްއެމްއޭގެ އޮފީސް. ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2026، 03:16

06 ނޮވެމްބަރު 2026، 03:16

މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޚާއްޞަ "މަނީ ޗޭންޖަރ ސިސްޓަމް" އެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

މިއީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް އެމްއެމްއޭ އިން މަޢުލޫމާތު ދެއެވެ. މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، މަރުކަޒީ ބޭންކާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުޢާމަލާތްތައް މިހާރަށްވުރެ އަވަސްވެ ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން، މި ޕްލެޓްފޯމް މެދުވެރިކޮށް މުޢާމަލާތްތައް ރެކޯޑްކުރުމަށާއި، ގަވާއިދުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ފައިސާ މާރުކުރުމުގެ މުޢާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން މަނީ އެކްސްޗޭންޖް ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވުމަށް މަގުފަހިވާނެއެވެ.

މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކުން ވެސް މުޢާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމުގައި 1 ޑިސެމްބަރު 2026 އިން ފެށިގެން މި ސިސްޓަމް ބޭނުންކުރުން އެމްއެމްއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް ރެގިއުލޭޓްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ މި ދަނޑިވަޅުގައި، މިފަދަ ވިޔަފާރިތަކުގެ މުޢާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ގެނައުމަކީ އެ ދާއިރާގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450