Ads by Farudhun

ޚަބަރު

ހުރާ ފިޓްނަސް ސެންޓަރުގެ ބީމް ޝަޓަރިންގ އަދި ބާ ބެންޑިންގ މަސައްކަތްތައް ފަށައިފި

ހުރާ ފިޓްނަސް ސެންޓަރުގެ ބީމް ޝަޓަރިންގ އަދި ބާ ބެންޑިންގ މަސައްކަތްތައް ފަށައިފި

ހުރާ ފިޓްނަސް ސެންޓަރުގެ ބީމް ޝަޓަރިންގ އަދި ބާ ބެންޑިންގ މަސައްކަތްތައް - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ނޮވެމްބަރު 2026، 10:09

06 ނޮވެމްބަރު 2026، 10:09

ކ. ހުރާގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތުގެ ތެރެއިން، ފުރާޅުގެ ބީމް ޝަޓަރިންގ އަދި ދަގަނޑު ބެންޑުކުރުމުގެ (ބާ ބެންޑިންގ) މަސައްކަތްތައް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ މަތީ ފަންގިފިލާގެ ފުރާޅު އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ ބީމްތައް ޝަޓަރކުރުމާއި ދަގަނޑު އެޅުމުގެ މުހިންމު މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތްތައް ތާވަލާ އެއްގޮތަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ހުރާގެ ކުރީގެ ކުޑަކުދިންގެ ޕާކު ހުރި ބިމުގައި ބިނާކުރާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، ރައްޔިތުންނާއި ޒުވާނުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތެއް ޤާއިމުކުރުމަށާއި ކުޅިވަރުގެ ރޫޙު އާލާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.

މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، ރަށުގެ އެކި ޢުމުރުފުރާގެ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގުމަށް ޒަމާނީ ވަސީލަތްތަކާ އެކު ތަނަވަސް ޖާގައެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ކުޅިވަރާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މި މަޝްރޫޢުގެ މަސައްކަތްތައް ވެސް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންގެ ބޭނުމަށް ހުޅުވައިލުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450