Ads by Farudhun

ޚަބަރު

އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައިފި

އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްޓޭޝަން ހުޅުވައިފި

އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސްޓޭޝަން. ފޮޓޯ: އެފްއެސްއެމް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 ނޮވެމްބަރު 2026، 10:04

07 ނޮވެމްބަރު 2026، 10:04

އދ. ދަނގެތީގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޤާއިމުކުރި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން އެސްޓީއޯ އަދި އެފްއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހުޅުވުނު ސްޓޭޝަނެކެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމުގެ މަޝްރޫޢަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އިފްތިތާޙުކުރި މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމުކުރާ ސްޓޭޝަންތަކުގެ ސަބަބުން، އަތޮޅުތަކުގައި ތެލުގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ހަމަޖެހިފައިވާ 18 ރަށް:

  1. ރ. ދުވާފަރު
  2. ހއ. އިހަވަންދޫ
  3. ހދ. ހަނިމާދޫ
  4. ށ. މިލަންދޫ
  5. ބ. އޭދަފުށި
  6. ވ. ފެލިދޫ
  7. ފ. ނިލަންދޫ
  8. ދ. މީދޫ
  9. އދ. ދަނގެތި
  10. އއ. މަތިވެރި
  11. ތ. ހިރިލަންދޫ
  12. މ. މުލަކު
  13. ލ. ގަން
  14. ގދ. ފިޔޮރީ
  15. ގދ. ފަރެސްމާތޮޑާ
  16. ސ. ހުޅުމީދޫ
  17. ގއ. ދެއްވަދޫ
  18. ނ. މަނަދޫ

މި 18 ރަށުގެ ތެރެއިން ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުށި، ށ. މިލަންދޫ، ފ. ނިލަންދޫ، ދ. މީދޫ، ނ. މަނަދޫ އަދި އދ. ދަނގެތީގައި މިހާރު ވަނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެމުންދަނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، ޢާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާއެކު، އެފްއެސްއެމްއިން އަންނަނީ މި 18 ރަށުގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450