ޚަބަރު
ގއ. ވިލިނގިލީގައި ޤާއިމުކުރާ އިސްލާމިކް ސެންޓަރުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި
ގއ. ވިލިނގިލީގައި ބިނާކުރާ އިސްލާމިކް ސެންޓަރު. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތައް ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ގއ. ވިލިނގިލީގައި ޤާއިމުކުރާ އިސްލާމިކް ސެންޓަރުގެ ފައުންޑޭޝަން އެޅުމަށް ބިން ކޮނުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން ވިލިނގިލީ އިސްލާމިކް ސެންޓަރުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒާޢާމަތުގެ ދަށުން، ރަށްރަށުގެ މުޖުތަމަޢުތަކަށް ބޭނުންވާ ޒަމާނީ، ފަސޭހައިން ޚިދުމަތް ލިބެންހުރި އަދި ފުރިހަމަ ވަސީލަތްތަކާއެކު އިސްލާމީ ބިނާތައް ޤާއިމުކުރުމަށް އިސްކަންދެއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ ސިޔާސަތު ސަރުކާރުން އަންނަނީ ކުރިއަށްގެންދަވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތައް ޤާއިމުކުރުމަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، ގއ. ވިލިނގިލީގައި ޤާއިމުކުރާ އިސްލާމިކް ސެންޓަރުގެ ފައުންޑޭޝަން އެޅުމަށް ކޮނުމުގެ މަސައްކަތް ކުރިޔަށް ދަނީ @MMuizzu @presidencymv @Mohamedshaheem1
— Ministry of Islamic Affairs & Endowments (@MVIaffairs) November 7, 2026
މީގެ އިތުރުން ސަރުކާރުން ވިލިނގިލީގައި ބިނާކުރަމުންދާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް ވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖެއަށް ޤުރުއާނުގެ ޢިލްމު ފުޅާކޮށް، ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމެވެ.