Ads by Farudhun

ޚަބަރު

ގއ. ވިލިނގިލީ ވަޤުފް ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތް ފަށައިފި

ގއ. ވިލިނގިލީ ވަޤުފް ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތް ފަށައިފި

ގއ. ވިލިނގިލީ ވަޤުފް ޢިމާރާތް. ފޮޓޯ: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ނޮވެމްބަރު 2026، 12:59

07 ނޮވެމްބަރު 2026، 12:59

ސަރުކާރުން ގއ. ވިލިނގިލީގައި ތަރައްޤީކުރަމުންދާ ވަޤުފް ޢިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިނގިލީގައި ޤާއިމުކުރާ ވަޤުފް މަޝްރޫޢުގެ ދަށުން ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަރުޙަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސް، 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެ ޢިމާރާތުގެ އެންމެހާ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އަލަށް ތަރައްޤީކުރެވޭ މި ވަޤުފް ޢިމާރާތްތަކަކީ ޒަމާނީ ފެންވަރަށް ބިނާކުރެވޭ، އޮފީސްތަކާއި، ދިރިއުޅޭ ބައިތަކުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޖާގަ ހިމެނޭ އެކި ބޭނުންތައް ފުއްދައިދޭނެ މަރުކަޒުތަކެކެވެ.



އަތޮޅުތަކުގައި ބިނާކުރާ މިފަދަ ޢިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، އެ ސަރަޙައްދެއްގެ ދީނީ ކަންކަން ތަރައްޤީކުރުމަށާއި، މިސްކިތްތައް މަރާމާތުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި ޙަރަކާތްތަކަށެވެ. މި ވަޤުފް ޢިމާރާތްތަކުން ލިބޭ އާމްދަނީއާއި މާލީ ކަންކަން ބަލަހައްޓާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ލަފައާއި އިރުޝާދުގެ ދަށުން އެ ރަށެއްގެ ކައުންސިލްތަކުންނެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޤުފްގެ ނިޒާމު ފުޅާކޮށް، ދީނީ ކަންކަމަށް މާލީ ގޮތުން އިތުރު ބާރުވެރިކަމެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ނިންމަވާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަޤުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450