ޚަބަރު
ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
ހަވާ އަރުވަނީ.. ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިރޭ 22:00 އާއި 23:30 އާ ދެމެދުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 3 ގައި ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3ގައި ވިޔަފާރި އުސޫލުން 3 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ. https://t.co/iJARVDmu82
— Maldives National Defence Force (@MNDF_Official) November 7, 2026
އެމްއެންޑީއެފް އިން މީގެ ކުރިން ވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައި ވެސް ވަނީ ހަވާ އަރުވައިދީފައެވެ.