ޚަބަރު
ޅައިމަގަށް ނަގޫރޯޅިއެއް އަރައިފި: ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
ނަގޫރޯޅީގައި ގެއްލުން ލިބުނު ގޭގޭގެ ފުރާޅު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްއެމްޓީވީ
ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެ، ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން އެ ރަށުގެ 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި ބޯ ފަޅައިގެން ދިޔަ މީހާއަށް މިހާރު ދަނީ ސިއްހީ ފަރުވާ ދެމުންނެވެ.
ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާއިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން.
— NDMA Maldives (@NDMAmv) November 7, 2026
ނަގޫރޯޅީގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.