ދުނިޔެ

ސަޢޫދީއަށް ޙޫޘީން ދޭ ޙަމަލާތައް މުސްލިމް ވޯލްޑް ލީގުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސަޢޫދީއަށް ޙޫޘީން ދޭ ޙަމަލާތައް މުސްލިމް ވޯލްޑް ލީގުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މައްކާހެ ހަރަމްފުޅު. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ނޮވެމްބަރު 2026، 12:21

07 ނޮވެމްބަރު 2026، 12:21

ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޙޫޘީން ދެމުންގެންދާ ޙަމަލާތައް މުސްލިމް ވޯލްޑް ލީގު (އެމް.ޑަބްލިއު.އެލް) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މައްކާއާއި މަދީނާއަށް ދޭ މިފަދަ ޙަމަލާތަކަކީ މާތްވެގެންވާ ބިންތަކުގެ ޙުރުމަތް ކަނޑާލުން ކަމަށް އެ ޖަމާޢަތުން ވަނީ ސިފަކޮށްފައެވެ.

އެމް.ޑަބްލިއު.އެލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ބިން ޢަބްދުލްކަރީމް އަލްޢީސާ ވިދާޅުވީ، ޙޫޘީންގެ މި ޢަމަލުތަކުން ރަމްޒުކޮށްދެނީ ދީނީ ޙުރުމަތް ކަނޑާލާ ޓެރަރިސްޓް އުޞޫލެއް ކަމަށާއި، މިއީ ދީނަށާއި މުސްލިމުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

ޖިއްދާގައި މައި މަރުކަޒު ހުންނަ އެމް.ޑަބްލިއު.އެލްއިން ވަނީ ސަޢޫދީ ޢަރަބިއްޔާއާއެކު އެ ޖަމާޢަތުން އޮތްކަން ތަކުރާރުކޮށް ހާމަކޮށްފައެވެ. އަދި ޢާންމު ރައްޔިތުންނާއި މާތް ޙަރަމްފުޅުތައް ރައްކާތެރިކުރުމަށް ސަޢޫދީ ސަރުކާރުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހަނގުރާމަ އަލުން ފެށުނު ފަހުން މައްކާއާއި މަދީނާގެ ކައިރި ސަރަޙައްދުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙޫޘީން ގިނަ ޙަމަލާތަކެއް ވަނީ ދީފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ޙޫޘީން ބުނެފައިވަނީ، މައްކާއާއި މަދީނާއަށް ޙަމަލާދިން ކަމަށް ބުނެ ކުރެވޭ އެންމެހައި ތުހުމަތުތަކަކީ ދޮގެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450