ދުނިޔެ

ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީފި

ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީފި

ޔަހޫދީ ވަޒަންވެރިން ހަރަކާތްތެރިވަނީ..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 ނޮވެމްބަރު 2026، 12:36

07 ނޮވެމްބަރު 2026، 12:36

އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި، ޒައިތޫނި ބިންނަމުންދިޔަ ފަލަސްޠީނުގެ ދަނޑުވެރިންނަށާއި އެމީހުންގެ ދަނޑުބިންތަކަށް އަމާޒުކޮށް އިސްރާއީލު ސިފައިންނާއި ހަރުކަށި ޔަހޫދީ ވަޒަންވެރިން ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.

މި އަނިޔާވެރި ހަމަލާތަކުގައި ދަނޑުވެރިންގެ ބިންތަކާއި ފޭލިގެތަކުގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

އަދި ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ބޭރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން އެ ސަރަހައްދުން ގަދަކަމުން ނެރެ، އޭގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި އެކަނިވެސް ދަނޑުވެރިންނަށާއި އެމީހުންގެ މުދަލަށް އަމާޒުކޮށް 400 އަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ.

މީގެ ތެރެއިން ގިނަ ހަމަލާތަކަކީ ގަވާއިދާ ހިލާފަށް އުޅޭ ޔަހޫދީ ވަޒަންވެރިން އިސްނަގައިގެން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކެކެވެ.

އޮކްޓޫބަރު 2023 ގައި ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ފެށި ނަސްލުހޭދަ ކުރުމުގެ އުދުވާނާ ގުޅިގެން، ހުޅަނގު އައްސޭރީގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އަނިޔާވެރިކަމާއި ނިރުބަވެރި އަމަލުތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެ، ނުރައްކާ ދަރަޖައަކަށް ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450