ދުނިޔެ

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ކުރިއެރުންތަކަށް ބޮޑު މަޑުޖެހުމެއް އަތުވެއްޖެ

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ކުރިއެރުންތަކަށް ބޮޑު މަޑުޖެހުމެއް އަތުވެއްޖެ

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ކުރިއެރުންތަކަށް ބޮޑު މަޑުޖެހުމެއް..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 ނޮވެމްބަރު 2026، 01:01

07 ނޮވެމްބަރު 2026، 01:01

ޔޫކްރެއިން ހަނގުރާމައިގެ މައިދާނުގައި ރަޝިއާއަށް ލިބެމުންދިޔަ އަސްކަރީ ކުރިއެރުންތަކަށް މި އަހަރުގެ ތެރޭގައި ބޮޑު މަޑުޖެހުމެއް އައިސްފައިވާ ކަމަށް އަސްކަރީ ދިރާސާތަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ވޮޝިންޓަންގެ "އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ" (އައި.އެސް.ޑަބްލިއު) ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރަޝިއާ ސިފައިންނަށް ޔޫކްރެއިނުގެ ސަރަހައްދުން ހިފިފައިވަނީ އެންމެ 117.38 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ.

ހަނގުރާމައިގެ މައިދާނުގައި ހޯދޭ ކުރިއައެރުންތަކުގެ ދުވެލި މަޑުޖެހިފައިވާއިރު، ރަޝިއާގެ ސިފައިން މަރުވާ އަދި ޒަހަމްވާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާ އިން އަންދާޒާކުރާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ރަޝިއާގެ 381,000 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެ ނުވަތަ ބޮޑެތި އަނިޔާތައް ލިބި ހަނގުރާމައިން އެކަހެރިވެފައެވެ. މިއީ ރަޝިއާއަށް މަހެއްގެ މައްޗަށް ސިފައިންގެ ހިދުމަތަށް އަލަށް ނެރެވޭ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

ހަނގުރާމައިގެ މައިދާނުގައި ކުރިމަތިވަމުންދާ މި ނާކާމިޔާބީތަކާ ގުޅިގެން، ރަޝިއާއިން މިހާރު ވަނީ ޔޫކްރެއިންގެ ހަކަތަ ފޯރުކޮށްދޭ މައި މަރުކަޒުތަކަށް އަމާޒުކޮށް ދުރު ރާސްތާގެ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 2,300 އަށް ވުރެ ގިނަ ޑްރޯނާއި 80 އަށް ވުރެ ގިނަ މިސައިލް ބޭނުންކޮށްގެން ހަމަލާތައް ދީފައިވެއެވެ.

ފިނިމޫސުމާ ދިމާކޮށް ދިން މި ހަމަލާތަކުގެ ސަބަބުން އެތައް ލައްކަ ރައްޔިތުންނަކަށް ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑި، ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

މި ހަމަލާތަކުގެ ރައްދުގައި، ޔޫކްރެއިނުން ދަނީ ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ ހަކަތައިގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެން ރަޝިއާގެ އިގްތިސާދަށް ލިބޭ އާމްދަނީއަށް ހުރަސްއެޅުމެވެ.

ހަމައެއާއެކު، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގެ ބާޒާރުތަކަށް ތެޔޮ ސަޕްލައިކުރުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ވަނީ ގާނޫނީ ގޮތުން ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450