ދުނިޔެ

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،000 އިން މައްޗަށް އަރައިފި

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،000 އިން މައްޗަށް އަރައިފި

ޣައްޒާ ސުންނާފަތިވެފައި. ފޮޓޯ: އަލްޖަޒީރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 ނޮވެމްބަރު 2026، 04:09

07 ނޮވެމްބަރު 2026، 04:09

އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު 74،640 އަށް އަރައިފި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް 10 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި އަލަށް ހަށިގަނޑު ފެނުނު ދެ މީހެއްގެ އިތުރުން، ކުރިން ދިން ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ދެ މީހުން ހިމެނެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އެންމެ ފަހުން ޝަހީދުވި މީހުންނާއެކު، އޮކްޓޫބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޝަހީދުވި މީހުންގެ އަދަދުވެސް މިހާރު ވަނީ 1،610 އަށް އަރާފައެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ޣައްޒާގެ އެކި ސަރަހައްދުތަކުން މީހުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައް އަދިވެސް މެދުނުކެނޑި ލިބެމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. 

މިއީ އެއްބަސްވުމަށް ފަހުވެސް ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ އަދިވެސް ކުޑަނުވާކަން ހާމަކޮށްދޭ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450