ޚަބަރު
ނިމުނު ހަފްތާގައި އެމްއެންޑީއެފުން ގިނަ އަދަދެއްގެ މެޑިކަލް އިވެކުއޭޝަންތަކެއް ކުރިޔަށްގެންގޮސްފި
އެމްއެންޑީއެފްގެ ސީ އެމްބިއުލޭންސް---
ނިމިދިޔަ ހަފްތާގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 29 އިން ފެށިގެން މި ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 88 މެޑިކަލް އިވެކުއޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންތައް ކުރިއަށްގެންދިޔަ ގޮތުގެ ތަފްސީލަށް ބަލާއިރު:
- ފަސްޓް ސްކޮޑްރަންއިން: 54 އިވެކުއޭޝަން
- ސެކަންޑް ސްކޮޑްރަންއިން: 8 އިވެކުއޭޝަން
- ތާޑް ސްކޮޑްރަންއިން: 14 އިވެކުއޭޝަން
- ހަތަރު ވަނަ ސްކޮޑްރަންއިން: 12 އިވެކުއޭޝަން
މި އިވެކުއޭޝަންތަކަކީ ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، އިތުރު ފަރުވާ ބޭނުންވާ ބަލިމީހުން ލަސްނުކޮށް އެކަށީގެންވާ ފަރުވާ ލިބޭނެ މަރުކަޒުތަކަށް އަވަހަށް ގެންގޮސްދިނުމަށްޓަކައި ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.
ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން، ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 88 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ. https://t.co/LrhLxvjG9t
— Maldives National Defence Force (@MNDF_Official) November 7, 2026
ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން ސިއްހީ ފަރުވާ ލިބޭ މަރުކަޒުތަކަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުމަކީ، ސިފައިންގެ ކޯސްޓްގާޑުން އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ގަވާއިދުން ކުރަމުން އަންނަ އިންސާނީ ޚިދުމަތެކެވެ.