Ads by Exprox

ޚަބަރު

ތިން އޮފީހެއް ފަޅާލި މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި!

ތިން އޮފީހެއް ފަޅާލި މީހެއްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި!

ފޭރުމުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އަޒްމީލް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 07:25

07 ސެޕްޓެމްބަރު 2024، 07:25

ތިން އޮފީހެއް ފަޅާލައި ވައްކަން ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ރ.މީދޫ ބުލްބުލާގެ އަޒްމީލް މުޙައްމަދު ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނާ މޯލްޑިވްސް އޮފީހާއި، އޭސް ޓްރެވަލްސް އަދި ޤަޠަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައިގައެވެ.

އޭނާގެ ބަންދަށް ފުރަތަމަ ކޯޓުން ޖަހައިފައިވަނީ ފަސްދުވަހެވެ. އެފަސް ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.

އޮފީސްތަކަށް ވަދެ ވައްކަން ކުރުމާއި ގޭގެއަށް ވަދެ މީހުންނަށް ބިރުދައްކައިގެން ފޭރުން ފަދަ ނުރައްކާތެރި ކުށްތައް މިހާރަކަށް އައިސް ވަރަށްބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco