ދުނިޔެ

އޮމާން ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާއިން ހަމަލާދީފި

އޮމާން ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާއިން ހަމަލާދީފި

އޮމާން ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާއިން ހަމަލާދިނުން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ނޮވެމްބަރު 2026، 10:56

08 ނޮވެމްބަރު 2026، 10:56

އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތަކެއް އަޅާފައިވާއިރު، އެ ހުރަސްތައް ފަހަނައަޅައި ދިއުމަށް މަސައްކަތްކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ހޮނިހިރު ދުވަހު ހަމަލާދީ، އެ ބޯޓު ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ އޮމާން ކަނޑުއޮޅީގައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ސެއިންޓް ކިޓްސްގެ ދިދަ ޖަހާފައިވާ މި މުދާ އުފުލާ ބޯޓު ދަތުރުކުރަމުން ދިޔައީ އީރާނުގެ ބަނދަރަކަށް ދިއުމަށްފަހު، އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން ބޭރުވުމަށެވެ. އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ބޯޓުގެ ފަހަތުކޮޅަށް އަމާޒުކޮށް ސީދާ ހަމަލާތަކެއް ދީފައިވަނީ، ހަމަލާ އަމާޒުވާ ސަރަހައްދުތައް ދޫކޮށް ދިއުމަށް ބޯޓުގެ ފަޅުވެރިންނަށް އެމެރިކާ ސިފައިން އެންގުމަށް ފަހުގައެވެ.

އީރާނާ ދެކޮޅަށް އެތައް މަހެއް ވަންދެން އަޅާފައިވާ ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް އެމެރިކާއިން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، އީރާނުގެ އެއްގަމު ސަރަހައްދީ ރޮނގުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ޒަމާނީ ހަތިޔާރާއި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވުމަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލަމުންދާ ކަމަށް އެމެރިކާ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.

ސެންޓްރަލް ކޮމާންޑުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިހާތަނަށް ކަނޑުމަގުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން 25 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަގުހުރި ސާފުނުކުރާ ތެޔޮ ބޭރުކުރުމަށް އީރާނަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހަމަލާއާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އައު އަސްކަރީ ހަމަލާތަކެއް ދެއްވާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާއިރު، އީރާނުން ވެސް ވަނީ ގަލްފުގެ އުމްރާނީ ވަސީލަތްތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450