Ads by Exprox

ޚަބަރު

ޓެކްސީ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެމީހުން ފަސް ދުވަހަށް ބަންދު

ޓެކްސީ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެމީހުން ފަސް ދުވަހަށް ބަންދު

ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއިން ހައްޔަރުކުރި ތިން މީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2024، 08:43

12 ޑިސެމްބަރު 2024، 08:43

ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ރޭ ހުޅުމާލޭގައި ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން އާންމު ދަތުރު ފަތުރަށް ހުރަސް އަޅައި ހުޅުމާލެގެ މަގުތައް ބްލޮކް ކޮށްފައިވާ މައްސަލައާއި ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރުކޮށްފައިވަ ކަމަށެވެ.

އަދި މީގެ އިތުރުން ހަތަރު ފުރޮޅުލީ 22 އުޅަނދެއް ޓޯ ކޮށްފައިިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހައްޔަރުކުރި މުޙައްމަދު ޝާމިނާއި އަޙްމަދު ޝަބީން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ތިންވަނަ މީހާ ކަމަށްވާ ނޫމާން އަޙްމަދު ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފައިވާ ކަމަށެވެ. 

ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco