Ads by Farudhun

ޚަބަރު

އިންޓަނެޓް މެދުވެރިކޮށް ދަރިވަރަކަށް ބުލީކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

އިންޓަނެޓް މެދުވެރިކޮށް ދަރިވަރަކަށް ބުލީކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި

ފުލުހުންގެ ހެޑްކުއަރޓާސް. ފޮޓޯ: ސަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 ނޮވެމްބަރު 2026، 12:53

08 ނޮވެމްބަރު 2026، 12:53

ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން، ދަރިވަރަކަށް ވަރަށް ބޮޑަށް ބުލީކޮށްފައިވާ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. މި އެކައުންޓުން ވަނީ އެ ކުއްޖާގެ ސިފައަށް ފުރައްސާރަކޮށް، އެ ކުއްޖާގެ ފޮޓޯވެސް އާންމުކޮށްފައެވެ. މީގެ އިތުރުން އެ އެކައުންޓު މެދުވެރިކޮށް އެ ކުއްޖާއަށް ގެއްލުންދޭނެ ކަމަށް ބުނެ އެކި ކަހަލަ އިންޒާރުތައް ވެސް ވަނީ ދީފައެވެ.  

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ސޯޝަލް މީޑިއާ އަދި އިންޓަނެޓްގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރަކަށް ބުލީކުރި ކަމަށް ބެލެވޭ މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންނެވެ.

އިންޓަނެޓާއި މީސްމީޑިއާ މެދުވެރިކޮށް ކުދިންނަށް ކުރިމަތިވާ މިބާވަތުގެ ސައިބާ ބުލީއިންގެ އަމަލުތަކަށް ހޭލުންތެރިވެ، ދަރިންގެ އަހުލާގާއި އެކުދިން އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކުރާ ގޮތް ވަރަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް ކަމާގުޅޭ މުއައްސަސާތަކުން އަބަދުވެސް ބެލެނިވެރިންނަށް ހަނދާންކޮށްދެމުން ގެންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450