Ads by Farudhun

ޚަބަރު

ތަޢުލީމީ ދާއިރާގެ ޕީއެސްއައިޕީއަށް 634 މިލިއަން ރުފިޔާ: "ކޫލް ސްކޫލް" މަޝްރޫޢު ފުރިހަމަކުރަނީ

ތަޢުލީމީ ދާއިރާގެ ޕީއެސްއައިޕީއަށް 634 މިލިއަން ރުފިޔާ: "ކޫލް ސްކޫލް" މަޝްރޫޢު ފުރިހަމަކުރަނީ

ތަޢުލީމީ ދާއިރާގެ ޕީއެސްއައިޕީއަށް 634 މިލިއަން ރުފިޔާ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ނޮވެމްބަރު 2026، 02:49

08 ނޮވެމްބަރު 2026، 02:49

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން ތަޢުލީމީ ދާއިރާއަށް 634.4 މިލިއަން ރުފިޔާ ޚާއްޞަކޮށްފިއެވެ. މި ބަޖެޓުގެ މައިގަނޑު އެއް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ "ކޫލް ސްކޫލް" މަޝްރޫޢު މުޅިން ނިންމައިލުމެވެ.

މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކަނޑައަޅާފައިވާ މި ފައިސާގެ އެންމެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އަދިވެސް އޭސީ ނުކުރެވި ހުރި ސްކޫލުތަކުގައި އެއަރކޮންޑިޝަން ހަރުކުރުމަށެވެ. "ކޫލް ސްކޫލް" މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ފިނިކޮށް، ހޫނުގަދަވުމުގެ ސަބަބުން ކިޔެވުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ކިޔަވައިދިނުމަށް އެކަށޭނަ ފަހި މާހައުލެއް ދަރިވަރުންނާއި ޓީޗަރުންނަށް ފަހިކޮށްދިނުމަށް ހިންގާ ޚާއްޞަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށުގެ ޒަމާންވީ ސްކޫލުތަކަށް ގެންނަންޖެހޭ އޮނިގަނޑުގެ ބަދަލުތައް ގެނައުމާއި، ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކޮށް އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން މިހާރުވެސް ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. އޭގެ އިތުރުން، ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސްކޫލުތަކަށް ބޭނުންވާ އިތުރު ކްލާސްރޫމުތަކާއި، މަލްޓިޕާޕަސް ހޯލުތައް އެޅުމުގެ މަސައްކަތްތައްވެސް މި ބަޖެޓުގެ ތެރެއިން ކުރިއަށްދާނެއެވެ.

އައު ޢިމާރާތްތައް ބިނާކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ދުވަސްވީ ސްކޫލު ޢިމާރާތްތަކުގެ އާބާތުރަފިލުވައި މަރާމާތު ކުރުމަށްޓަކައި ހިނގާނެ ޚަރަދުތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަކިން ވަނީ ހިމަނާފައެވެ. އަދި ވޭތުވެދިޔަ އަހަރަށްވުރެ މި މަސައްކަތްތަކަށް ހިނގާނެ ޚަރަދު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސްކޫލް ތަޢުލީމުގެ އިތުރުން، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައިވެސް ބަޖެޓުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން، ސްކޮލަރޝިޕް ފުރުޞަތުތަކާއި ހިލޭ ޑިގްރީ ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި 514.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ މި އަމާޒަކީ ޤައުމުގެ ތަޢުލީމީ ފެންވަރު މަތިކޮށް، ދަރިވަރުންނަށް ޒަމާނީ އަދި ފަސޭހަ ކިޔެވުމުގެ ވެށްޓެއް ކަށަވަރުކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450