Ads by Farudhun

ޚަބަރު

ފުލުހުންގެ އެކްޝަން ޕްލޭން އެކުލަވާލުމަށް ޚާއްސަ ކޮންފަރެންސެއް ފަށައިފި

ފުލުހުންގެ އެކްޝަން ޕްލޭން އެކުލަވާލުމަށް ޚާއްސަ ކޮންފަރެންސެއް ފަށައިފި

ފުލުހުންގެ އެކްޝަން ޕްލޭން އެކުލަވާލުމަށް ބާއްވާ ޚާއްސަ ކޮންފަރެންސް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ނޮވެމްބަރު 2026، 01:26

08 ނޮވެމްބަރު 2026، 01:26

ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ޚާއްސަ ކޮންފަރެންސެއް ފަށައިފިއެވެ. "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ނަމުގައި އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ މި ކޮންފަރެންސަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ކޮންފަރެންސެކެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި ކޮންފަރެންސްގައި ޢިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅާނެއެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ރާއްޖޭގައި ކުށްތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލުމަށް އަމާޒުހިފައިގެން މަސައްކަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރސް އޮފީހުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމް ވިދާޅުވީ، ފުލުހުންގެ ލީޑަރޝިޕްގެ އަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުން ކަމަށާއި، މި ކޮންފަރެންސަކީ އެކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ފުރަތަމަ ދެ ދުވަހު ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްތަކަށް ފެތޭގޮތަށް އަންނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލައި ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ތިންވަނަ ދުވަހު ޚާއްސަ ސަމާލުކަމެއް ދޭނީ މަސްތުވާތަކެއްޗާއި، މީހުން ޓްރެފިކް ކުރުމާއި އަދި ގޭންގު ކުށްތަކަށް ކަމަށް އަމީން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް މިފަދަ ކުށްތަކުގެ ތެރޭގައި ކުޑަކުދިން ބައިވެރިވާ މިންވަރު ދެނެގަނެ، އެ ކުދިން އެ ދާއިރާތަކުން ދުރުކުރުމަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މި ކޮންފަރެންސަކީ އަލަށް ތައާރަފުކުރި ހަރަކާތެކެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް މި ކޮންފަރެންސް ސިލްސިލާކޮށް ބާއްވަމުން ގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450