ކުޅިވަރު

ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް މިއަދު ނިކުންނައިރު، ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް

ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް މިއަދު ނިކުންނައިރު، ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް

ރާއްޖެއާ ހޮންގް ކޮންގް ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2026، 03:46

09 ނޮވެމްބަރު 2026، 03:46

ޗައިނާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި މިއަދު މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ހަނި ފުރުސަތެއް ދިވެހިރާއްޖޭގެ ޓީމަށް އެބައޮތެވެ.

ހަތަރު ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މިއަދުގެ ފަހު މެޗަށް ރާއްޖެ ނިކުންނައިރު، ކުޅުނު މެޗުތަކުން ލިބުނު 3 ޕޮއިންޓާއެކު ރާއްޖެ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ ކުރީގައި އޮތް ސައުތު ކޮރެއާ އަދި ޗައިނާއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ.

ފަހު މެޗުން ނެރޭ ނަތީޖާއަކުން ރާއްޖެއަށް ޗެމްޕިއަންކަން ލިބުމުގެ ހަނި ފުރުސަތެއް އޮތް ނަމަވެސް، މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މިއަދު ހެނދުނު ހޮންގް ކޮންގާ ދެކޮޅަށް ކުޅުނު މެޗުގައި ސައުތު ކޮރެއާއިން ނެރުނު ތަފާތު ބޮޑު ނަތީޖާއެވެ. އެ މެޗު 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮރެއާއިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޓީމަށް ވަނީ ފައިދާ 8 ގޯލު ލިބިފައެވެ. އެހެންކަމުން، ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުން ލީގުގެ އެއްވަނައަށް އަރައި ޗެމްޕިއަންކަން ހޯދުމަށްޓަކައި މިއަދުގެ މެޗުން މަދުވެގެން 6 ގޯލުގެ ތަފާތުން ޗައިނާގެ މައްޗަށް ރާއްޖެ ކުރިހޯދަން ޖެހޭނެއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގައި އެންމެ ކުރީގައި އޮތީ 69 ވަނައިގައި އޮތް ދެކުނު ކޮރެއާއެވެ. މި މުބާރާތުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. މިއަދު ރާއްޖެއާ ދެކޮޅަށް ނިކުންނަ ޗައިނާ ދުނިޔޭގެ ރޭންކިންގެ 84 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ ރޭންކިންގެ 99 ވަނައިގައެވެ.

މިއަދުގެ މެޗަކީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށި ހޯދުމަށް ލިބޭނެ މުހިންމު ފުރުސަތަކަށް ވުމާއެކު، މިއަދުގެ މެޗަށް ދިވެހި ޓީމު ނިކުންނާނީ ތާރީޚީ ކާމިޔާބީއަކަށް އަމާޒު ހިފައިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450