Ads by Farudhun

ޚަބަރު

ތިންވަނަ ކުއާޓަރުގައި ޒަކާތުގެ އާމްދަނީ %13.9 އިތުރުވެއްޖެ

ތިންވަނަ ކުއާޓަރުގައި ޒަކާތުގެ އާމްދަނީ %13.9 އިތުރުވެއްޖެ

ޒަކާތް ބަލައިގަތުން. ފޮޓޯ: ޒަކާތު ހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2026، 04:36

09 ނޮވެމްބަރު 2026، 04:36

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓް ދައްކާގޮތުން، މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 (29.86 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޒަކާތު ހައުސްއިން ވަނީ ޖުމްލަ 15,306,546.64 ރުފިޔާ އެހީގެ ގޮތުގައި ބަހާފައެވެ.

އެންމެ ބޮޑު ހޭދައެއް ފީސަބީލިﷲ ގެ ބަޔަށް
ޒަކާތުގެ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 9.08 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 5.46 މިލިއަން ރުފިޔާއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ އެސް.އޭ.ޕީ (SAP) ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެކެވެ. އެހެންކަމުން ފަހުން ގެނެވޭ ބަދަލުތަކަކާ ގުޅިގެން ނުވަތަ އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450