Ads by Farudhun

ޚަބަރު

ރަސްމާލޭގެ ބިން ހިއްކުމުގެ މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލޭގެ ބިން ހިއްކުމުގެ މުޅި މަޝްރޫޢަށް ހިނގާނީ 330 މިލިއަން ޑޮލަރު:  މުއްތަލިބު

މިނިސްޓަރު ޑރ މުއްތަލިބު "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

09 ނޮވެމްބަރު 2026، 10:23

09 ނޮވެމްބަރު 2026، 10:23

ރަސްމާލެ ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަން އެމެރިކާ ޑޮލަރު ކަމަށް، އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގެ ތެރެއިންނެވެ.

އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަޝްރޫޢު ފެށުނުއިރު ބާޒާރުގެ އަގުތަކަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި، މި މަސައްކަތަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ކަމަށެވެ. އެ އަންދާޒާއަކީ ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމަށް ކުރި ޚަރަދުތަކަށް ރިޢާޔަތްކޮށް ހެދި ހިސާބުތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތްކުރިއިރުގައި  ވީހާވެސް ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ މި އަހަރު ނިމެންވާއިރަށް ކޮންމެވެސް މިންވަރެއް ނުހިއްކި އޮތަސް ޓާގެޓަކީ މި އަހަރު ނިމެންވާއިރަށް ހިއްކައި ނިންމުން.  އެހާތަނަށް ދާއިރުގައި ގާތްގަނޑަކަށް ހަރަދުވާނީ 330 މިލިއަނެއްހައި ޑޮލަރު. މާނައަކީ މުޅި ރަސްމާލޭގެ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ދައުލަތުން ހަރަދުވާނެ ކަމުގައި ލަފާކުރެވޭ އަދަދަކީ 330 މިލިއަން ޑޮަލަރޭ،"

ވަޒީރު ވިދާޅުވިއެވެ. 

ނަމަވެސް، މި ޚަރަދު ބޮޑުތަނުން ކުޑަކުރެވުނީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ދައުލަތުގެ ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމާއި، ޚަރަދު ކުޑަކުރުމުގެ ގޮތުން ޑްރެޖަރު ޗާޓަރުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ސިޔާސަތު އިޚްތިޔާރު ކުރުމުން ބޮޑު ސަލާމަތެއް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ޑރ. މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން މުޅި ބިން އެއްކޮށް ހިއްކައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. އަދި އީގަލް ހިލްސައިން މޯލްޑިވްސް އިން "ވޯޓާ ފްރަންޓް އެންޑް މެރީނާ" ތަރައްޤީކުރުމަށް ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 500 ހެކްޓަރުގެ ބިން ހިއްކުމަށް ހޭދަވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމުގައިވެސް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.

މީގެއިތުރުން، ޤައުމަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުންނާއި އިޤްތިޞާދަށް ކުރާ ބާރު ކުޑަކުރުމަށްޓަކައި، މި މަޝްރޫޢަށް ހިނގާ 330 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ރަސްމާލެ މަޝްރޫޢު ވެގެންގޮސްފައިވަނީ މީގެ ކުރިން ރާއްޖޭގައި ހިންގި ބިން ހިއްކުމުގެ މަޝްރޫޢުތަކާ އަޅާބަލާއިރު ދައުލަތަށް އެންމެ ޚަރަދު ކުޑަކޮށް ކުރިއަށް ގެންދެވުނު އެއް މަޝްރޫޢަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450