Ads by Farudhun

ޚަބަރު

ރަސްމާލެ ހިއްކުމަށް ހޭދަވާނެ ފައިސާ ކުރިން އަންދާޒާކުރި އަދަދަށް ވުރެ ކުޑަވާނެ: ވަޒީރު މުއްޠަލިބު

ރަސްމާލެ ހިއްކުމަށް ހޭދަވާނެ ފައިސާ ކުރިން އަންދާޒާކުރި އަދަދަށް ވުރެ ކުޑަވާނެ: ވަޒީރު މުއްޠަލިބު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު / ފޮތޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

09 ނޮވެމްބަރު 2026، 10:32

09 ނޮވެމްބަރު 2026، 10:32

ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫޢަށް ދައުލަތުން ހޭދަވާނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑުތަނުން ޚަރަދު ކުޑަވާނެ ކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިތާ ކައިރީގައި، އެ މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ހޭދަވާނެ ކަމަށް ވިދާޅުވެވިފައިވާނެ ކަމަށެވެ. އެ އަދަދު އޭރު އަންދާޒާކުރީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ހިންގަމުން ދިޔަ މަޝްރޫޢުތަކަށާއި، އޭރު މާކެޓު ރޭޓުތައް ހުރި މިންވަރާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ ގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމީ ވީހާވެސް ޚަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށާއި، މިހާރުގެ އަންދާޒާތަކުން މުޅި މަޝްރޫޢު ނިމޭއިރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިއަނެއްހާ ޑޮލަރު ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

މާނައަކީ މުޅި ރަސްމާލެގެ 1،009 ހެކްޓަރުގެ ބިން ހިއްކުމަށްޓަކައި ދައުލަތުން ހޭދަވާނެ ކަމަށް މިހާރު ލަފާކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރު.

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ތަފްޞީލުކޮށްދެއްވަމުން ވިދާޅުވީ، ކުރިން އެ އަދަދު އެހާ ބޮޑުކޮށް އަންދާޒާކުރަން ޖެހުނީ ކުރީ ސަރުކާރުން އެފަދަ މަސައްކަތްތައް ކޮށްފައިވާ އަގުތަކަށް ބެލުމުން ކަމަށާއި، އަދި އެއީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް އިތުރު ލޮޅުމެއް އަތުވެދާނެތީ އެކަމަށް ވިސްނައިގެން ލަފާކުރި އަދަދެއް ކަމަށެވެ.

އެހެންނަމަވެސް، މިހާރު ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން، ނިސްބަތުން ވަރަށް ބޮޑަށް އަގުހެޔޮކޮށް އަދި ދައުލަތަށް ލުއި ގޮތަކަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގެ ޔަގީންކަން ވަޒީރު މުއްޠަލިބު ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450