Ads by Farudhun

ޚަބަރު

ފާއިތުވި ތިން އަހަރު އެއްވެސް ޓީޗަރަކަށް ފިޔަވަޅެއް ނާޅަން، ބިރުވެރިކަމެއް ނެތް މާހައުލެއް ގާއިމުކޮށްދެވިއްޖެ: ވަޒީރު ޝަފީޢު

ފާއިތުވި ތިން އަހަރު އެއްވެސް ޓީޗަރަކަށް ފިޔަވަޅެއް ނާޅަން، ބިރުވެރިކަމެއް ނެތް މާހައުލެއް ގާއިމުކޮށްދެވިއްޖެ: ވަޒީރު ޝަފީޢު

އެޑިއުކޭޝަން މިނިސްޓަރު ޑރ ޝަފީއު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 ނޮވެމްބަރު 2026، 02:44

10 ނޮވެމްބަރު 2026، 02:44

ދިވެހިރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނާ މެދު ބޭއިންސާފުން ކަންކަން ކުރުމުގެ ސަގާފަތް އެއްކޮށް ނައްތާލައި، އެއްވެސް ބިރެއް ނުވަތަ ސިޔާސީ ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ އަމާން މާހައުލެއް މިހާރު ތަނަވަސްކޮށްދެވިފައިވާ ކަމަށް ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ ފޯރަމް" ގެ ތެރެއިން މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. ޝަފީޢު ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ޓީޗަރަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ބިރުދެއްކުމުގެ ބަދަލުގައި، ޓީޗަރުން ކުރާ އަގުހުރި މަސައްކަތްތައް ބަލައިގަނެ، އެ ފަރާތްތަކަށް އުފާވެރި އަދި އަގުވަޒަންކުރެވޭ ފަދަ އެކަށީގެންވާ ވެއްޓެއް ސްކޫލްތަކުގައި ގާއިމުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު ތަޢުލީމީ ދާއިރާގައި ކަންކަން ހިނގައިދިޔަ ގޮތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެކި ސަބަބުތަކާ ހުރެ 100 އަށް ވުރެ ގިނަ ޓީޗަރުންނާ މެދު އެކި ވަރުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާގެ އިންޒާރު ދިނުމާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑް ކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މިހާރު އެ ހާލަތު މުޅިން ބަދަލުކުރެވިފައިވާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ މިނިވަންކަން ވެސް މުދައްރިސުންނަށް އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރަށް ފާޑުކިޔައިގެން ވެސް އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް. އަޅުގަނޑުމެން މި ގެންގުޅެނީ އޯގާތެރިކަން. ކުލުނުވެރިކަން. ޓީޗަރުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރުމުގެ ކަލްޗާ މިހާރު ނޯންނާނެ،" 

 ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި ޓީޗަރުންގެ ނަފްސާނީ ހަމަޖެހުމާއި ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އެ އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450