Ads by Farudhun

ޚަބަރު

އެމްޓީސީސީގެ މިހާރުގެ ޑްރެޖަރަށްވުރެ 3 ގުނަ ބޮޑު ޑްރެޖަރެއް އަންނަ އަހަރު ކުރީކޮޅު ގެނެވޭނެ: ވަޒީރު މުއްޠަލިބު

އެމްޓީސީސީގެ މިހާރުގެ ޑްރެޖަރަށްވުރެ 3 ގުނަ ބޮޑު ޑްރެޖަރެއް އަންނަ އަހަރު ކުރީކޮޅު ގެނެވޭނެ: ވަޒީރު މުއްޠަލިބު

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 11:06

10 ނޮވެމްބަރު 2026، 11:06

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގައި މިހާރު ބޭނުންކުރަމުންދާ ޑްރެޖަރަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެ ޑްރެޖަރު ރާއްޖެ ގެނެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްގައި ސޮއިކުރެވިފައި ވީނަމަވެސް، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމްޓީސީސީގައި މިހާރު ހުރި ޑްރެޖަރުތަކުގެ އަދަދު މަދުވުން ކަމަށާއި، މިހާރު ހުރި ހުރިހާ ޑްރެޖަރެއް ވެސް މެދުކެނޑުމެއް ނެތި އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޓީސީސީގައި މިވަގުތު އޮތީ އެންމެ ހޮޕަރ ޑްރެޖަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ އެއްފަހަރާ ގާތްގަނޑަކަށް 3،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ވަރުގެ އުޅަނދެއް ކަމަށެވެ. އަދި މި ޤާބިލުކަމާއެކު މަސައްކަތް ކުރިއަށްދާއިރު މަޝްރޫޢުތަކަށް ލަސްތަކެއް ކުރިމަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެ އަންނަ އަހަރުގެ ކުރީކޮޅު އެ ޑްރެޖަރު ރާއްޖެ ގެނެވޭނެކަމަށް ބަލެވެނީ. އެހެންވީމާ އެ ޑްރެޖަރު ރާއްޖެ ގެނެވުމާ އެއްކޮށް އަޅުގަނޑުމެންނަށް ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބޮޑުތަނުން ހަލުވިކުރެވިގެންދާނެ." 

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގައި މިހާރު އޮތް ޑްރެޖަރަށްވުރެ ތިން ގުނަ ބޮޑު، އެއްފަހަރާ 10،000 ކިއުބިކް މީޓަރުގެ ވެލި ލޯޑުކުރެވޭ ވަރުގެ ބޮޑު ޑްރެޖަރެއް ހޯދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450