Ads by Farudhun

ޚަބަރު

ކޮޕް31 ބައްދަލުވުން: ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

ކޮޕް31 ބައްދަލުވުން: ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން އިތުރުކުރަން ރާއްޖެއިން ގޮވާލައިފި

ކޮޕް31 ބައްދަލުވުން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 11:42

10 ނޮވެމްބަރު 2026، 11:42

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މައި މުއާހަދާ (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކޮށްދިނުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފިއެވެ. 

ކޮޕް31 ބައްދަލުވުން ރަސްމީކޮށް އިއްޔެ ތުރުކީވިލާތުގެ އަންތާލިޔާގައި ފަށާފައިވާ އިރު، މި ބައްދަލުވުން ރަސްމީކޮށް ފެށިގެން ދިޔައީ މި ސަމިޓުގެ ފުރަތަމަ ޕްލެނަރީ ސެޝަނުންނެވެ.

މި މުހިންމު ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުންނެވެ. 



ސަމިޓުގެ ތެރެއިން ރާއްޖެއިން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި ވަކާލާތުކޮށްފައެވެ.

ކޮޕް31 ގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ފާހަގަކުރި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވަނީ ކުދި ޖަޒީރާ ގައުމުތަކަށެވެ. އެހެންކަމުން، މި ގައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އެއްވެސް ދަތިކަމެއް ނެތި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރާއްޖެއިން ބަޔާންކުރިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވާ މި ސަމިޓް ކުރިއަށް އޮތް ދުވަސްތަކުގައި އަންތާލިޔާގައި ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި، ދުނިޔޭގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450