Ads by Farudhun

ޚަބަރު

ކިނޮޅަހު ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

ކިނޮޅަހު ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 ނޮވެމްބަރު 2026، 12:13

10 ނޮވެމްބަރު 2026، 12:13

ރ. ކިނޮޅަހު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކުރެއްވީ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.

ކޮނޮޅަހުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނި މިދިޔަ އަހަރުގެ ތެރޭގައެވެ. 



މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ އިތުރުން، އެ ރަށުގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. 

80،000 އެމެރިކާ ޑޮލަރުގެ ވޮލީ ކޯޓު މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މީގެ ތެރޭގައި ކޯޓުގެ ކޮންކްރީޓް މަސައްކަތާއި، ވަށާފާރު ރޭނުމާއި، ޓާފް އެޅުމުގެ މަސައްކަތް ހިމެނެއެވެ. ފުޓްސަލް ދަނޑުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ވެސް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 112،000 އެމެރިކާ ޑޮލަރެވެ.

އެ ރަށުގައި މިހާރު ބޭނުންކުރަމުން ދަނީ 2015 ވަނަ އަހަރު އަޅާފައިވާ ފުޓްސަލް ދަނޑެކެވެ. އެ ދަނޑަކީ ވަރަށް ކުޑަ އަދި ވަރަށް ބޮޑަށް ހަލާކުވެފައިވާ ދަނޑެކެވެ. މި އައު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމުން ރަށުގައި ކުޅިވަރު ކުޅުމަށް އޮންނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450