Ads by Exprox

ޚަބަރު

ރޯވި އިމާރާތުގައި ހިމެނޭ އޮފީސްތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަނީ

ރޯވި އިމާރާތުގައި ހިމެނޭ އޮފީސްތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަނީ

އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވާ އިމާރާތް--- ފޮޓޯ:އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޑިސެމްބަރު 2024، 06:39

13 ޑިސެމްބަރު 2024، 06:39

ހުލާސާ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަތަރު ގަޑިއިރު ހޭދަވިއިރު، މި އިމާރާތް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައި.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދިޔަ އިމާރާތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ، އެ އިމާރާތް ބޭނުން ނުކުރެވޭ މިންވަރަށް އެނދުމާއި ގުޅިގެން، އެ ތަނުގައި ހިންގަމުން ދިޔަ އޮފީސްތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރަން ފަށައިފިއެވެ. 

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައެވެ. އޭގެ ފަހުން ހުޅުގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް އެ އިމާރާތުގެ އެހެން ފަންގިފިލާއެއްގައި ހުރި ޢިމާރާތްކުރުމާ ބެހޭ ވުޒާރާގައި ރޯވުމަށްފަހު އެ ތަނާ ޖެހިގެން ހުރި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ވެސް ވަނީ ރޯވެފައެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަތަރު ގަޑިއިރު ހޭދަވިއިރު، މި އިމާރާތް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. 

މި އޮފީސްތައް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުން އަންނަނީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކުއެވެ. 

އަލިފާނުގެ ހާދިސާއާ ގުޅިގެން ދިމާވެފައިމިވާ ކުއްލި ހާލަތުގައި ވެސް، ފްލެޓް ލިސްޓުގެ އިވެލުއޭޝަން މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ ދަރުބާރުގޭގައެވެ.

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ހުއްޓާލަން ޖެހުނު ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހުގެ މަސައްކަތްތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco