Ads by Farudhun

ޚަބަރު

ހުޅުމާލޭ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތް ކުރަނީ

ހުޅުމާލޭ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތް ކުރަނީ

ހުޅުމާލޭ - ފޮޓޯ: ވަގުތު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 ނޮވެމްބަރު 2026، 09:50

10 ނޮވެމްބަރު 2026، 09:50

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް މަރާމާތުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތީގެ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ސަރަޙައްދު މަރާމާތުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ވަގުތީގޮތުން ބަންދުކުރެވިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލުކުރެވިފައިވަނީ ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 (22:00) އަށެވެ.

މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ބޭނުންކުރާ ބޮޑެތި މެޝިނަރީތަކުގެ ސަބަބުން އަޑުގަދަވުމާއި، މަގު އެއްވަރުކުރާ ރޯލަރުގެ ސަބަބުން ވައިބްރޭޝަން އުފެދުމުގެ އިތުރުން ވަކިވަރަކަށް ހިރަފުހުގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެހެންކަމުން، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ހިންގާ ވިޔަފާރިތަކުންނާއި، އެ ސަރަޙައްދު ބޭނުންކުރާ އެންމެހައި ރައްޔިތުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ. ސަރުކާރުން މިހާރު އިސްކަންދީގެން ކުރިއަށްގެންދާ ހުޅުމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ ސަރަޙައްދުތަކެއްގެ މަގުތައް އަންނަނީ އަލުން މަރާމާތުކުރެވެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450