Ads by Farudhun

ޚަބަރު

ތެލަސީމިއާ ކެރިއަރުން ދެނެގަންނަ ޒަމާނީ ޑިޖިޓަލް ކާޑު ތަޢާރަފުކޮށްފި

ތެލަސީމިއާ ކެރިއަރުން ދެނެގަންނަ ޒަމާނީ ޑިޖިޓަލް ކާޑު ތަޢާރަފުކޮށްފި

ތެލެސީމިއާ ސެންޓަރު ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުޅުވައިދެއްވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 ނޮވެމްބަރު 2026، 11:37

10 ނޮވެމްބަރު 2026، 11:37

ރާއްޖޭގައި ތެލަސީމިއާ ބައްޔަށް ފަރުވާދިނުމާއި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތެލަސީމިއާ ކެރިއަރ ތަޙުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ ލޭގެ ބަލިތަކަށް ފުރިހަމަ އަދި ވަށާޖެހޭ ފަރުވާއެއް ފޯރުކޮށްދިނުމަށް އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ގެނައި މުހިންމު ބަދަލެކެވެ.

ދިވެހިރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ކުރިއަށްގެންދާ ސްކްރީނިންގ ޚިދުމަތްތައް ފުޅާކޮށް ޒަމާނީ ފެންވަރަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދެކެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ސަރުކާރުގެ ޞިއްޙީ މަރުކަޒެއްގައި ވަނީ ތެލަސީމިއާގެ އެކި ތަޙުލީލުތައް ހަދާ ޚާއްޞަ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ހީމޮގްލޯބިންގެ ގިނަ މިއުޓޭޝަންތައް ދެނެގަތުމަށް ހަދާ ޑީ.އެން.އޭ ތަޙުލީލުގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ.

މި ޚިދުމަތްތައް އިތުރަށް ހަލުވިކޮށް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން އަލަށް ތަޢާރަފުކުރި "ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު" ގެ ސަބަބުން، މީގެ ކުރިން ބޭނުންކުރަމުން އައި ޗާޕުކުރި ކާޑުތައް ބޭނުންކުރުން ހުއްޓުމަކަށް އަންނާނެއެވެ. މި އައު ނިޒާމުގެ ދަށުން، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ 7 ބާވަތެއްގެ ސިފަ ހިމެނޭ ގޮތަށް ޑިޖިޓަލް ކާޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ޑިޖިޓަލް ކާޑުގައި އޭގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިޔު.އާރް ކޯޑެއް ހިމަނާފައިވެއެވެ. މި ކޯޑު ސްކޭން ކޮށްލުމުން، ތެލަސީމިއާ ކެރިއަރުން ޢާއިލާ ރޭވުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު މަޢުލޫމާތުތަކާއި އިރުޝާދުތައް ވަގުތުން ލިބިގެންދާނެއެވެ.

ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން މި ކާޑު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މިވަގުތު ކާޑު ފޮނުވަމުން ގެންދަނީ ވަޓްސްއެޕް އަދި އީމެއިލް މެދުވެރިކޮށެވެ. މިއީ މުޅި ރާއްޖެއަށް ތެލަސީމިއާ ސްކްރީނިންގގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450