Ads by Farudhun

ޚަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ނެގި 48 ބިމެއް ވިއްކަން ހުޅުވާލައިފި

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ނެގި 48 ބިމެއް ވިއްކަން ހުޅުވާލައިފި

ހައުސިން މިނސްޓަރީ - ފޮޓޯ: އެޑިޝަން އެމްވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 ނޮވެމްބަރު 2026، 10:45

10 ނޮވެމްބަރު 2026، 10:45

2011 ވަނަ އަހަރު ސަރުކާރުން ހިންގި "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް، އެ ގޯތިތަކުގެ ބެހެނެވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ވިއްކުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިއުލާނުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުން، އަކަފޫޓަކަށް 2،000 (ދެ ހާސް) ރުފިޔާގެ މަގުންނެވެ.

ވިއްކުމަށް ހުޅުވާލި ބިންތަކުގެ ތެރޭގައި މާލޭގެ ހަތަރު އަވަށާއި ވިލިނގިލީގެ ބިންތައް ހިމެނެއެވެ. އެ ބިންތަކުގެ ތަފްސީލަކީ:

މާފަންނު:

  • މ. ޢައިޝަތު މަންޒިލް (ކޮށި 305): 180 އަކަފޫޓުގެ 2 ބިން
  • މ. ބްރައިޓް ފްލާވަރ (ކޮށި 253): 120.582، 21.6 އަދި 53.592 އަކަފޫޓުގެ 3 ބިން
  • މ. ލޭންޑް އޮފް ގަރޑަން (ކޮށި 269): 214.3 އަކަފޫޓުގެ ބިމެއް
  • މ. ސްވީޓް ފްލާވަރ އިރުމަތީބައި (ކޮށި 255): 170 އަކަފޫޓުގެ ބިމެއް
  • މ. މެދުގިރި (ކޮށި 337): ކޮންމެ ބިމެއްގައި 44.318 އަކަފޫޓު ހުރި 4 ބިން
  • މ. ރީގަލްކެންޓް (ކޮށި 336): 70.908 އަކަފޫޓުގެ ބިމެއް
  • މ. ރީގަލްކޮޓޭޖް (ކޮށި 336): ކޮންމެ ބިމެއްގައި 68.05 އަކަފޫޓު ހުރި 3 ބިން
  • މ. ވައިޖެހޭ (ކޮށި 285): ކޮންމެ ބިމެއްގައި 275.21 އަކަފޫޓު ހުރި 2 ބިން
  • މ. މެޑަލްމާގެ ވެށިފަހި 2 (ކޮށި 292): 106.25 އަކަފޫޓުގެ ބިމެއް
  • މ. ކެރިންލައިޓް އުތުރުބައި (ކޮށި 316): 114، 173.67 އަދި 57 އަކަފޫޓުގެ 3 ބިން

މައްޗަންގޯޅި:

  • މއ. ރިހިރާޅު (ކޮށި 175): ކޮންމެ ބިމެއްގައި 127.19 އަކަފޫޓު ހުރި 3 ބިން
  • މއ. މާޅޭބޫގެ (ކޮށި 202): ކޮންމެ ބިމެއްގައި 28.23 އަކަފޫޓު ހުރި 3 ބިން
  • މއ. ހަނިކަނޑު (ކޮށި 233): 157.9 އަކަފޫޓުގެ ބިމެއް
  • މއ. ކެލާ ބީޗް (ކޮށި 241): 44.5 އަކަފޫޓުގެ ބިމެއް
    މއ. ސީގަލް 2 (ކޮށި 246): 48.38 އަކަފޫޓުގެ ބިމެއް
  • މއ. ވިލާރޮދި (ކޮށި 236): 199.6 އަކަފޫޓުގެ ބިމެއް

ގަލޮޅު:

  • ގ. އޯޝަންސްޓަރ (ކޮށި 90): ކޮންމެ ބިމެއްގައި 41.08 އަކަފޫޓު ހުރި 4 ބިން
  • ގ. ރަތްނިރު (ކޮށި 117): 105 އަކަފޫޓުގެ ބިމެއް
  • ގ. ޝާރާޒް (ކޮށި 148): 44.58 އަކަފޫޓުގެ ބިމެއް
  • ގ. ދިލްފިޒާގެ (ކޮށި 133): 127 އަކަފޫޓުގެ ބިމެއް

ހެންވޭރު:

  • ހ. ކިނާރާގެ (ކޮށި 50): ކޮންމެ ބިމެއްގައި 68 އަކަފޫޓު ހުރި 4 ބިން
  • ހ. ޒެފާ (ކޮށި 51): ކޮންމެ ބިމެއްގައި 58.50 އަކަފޫޓު ހުރި 4 ބިން
  • ހ. ރެޑްލައިން (ކޮށި 38): 117.41 އަކަފޫޓުގެ ބިމެއް

ވިލިނގިލި:

  • ވ. ނާބިތުމަންޒިލް (ކޮށި 45): 75.198 އަކަފޫޓުގެ ބިމެއް

މިނިސްޓްރީން ވިދާޅުވީ މި ބިންތައް ގަތުމުގެ ފުރުސަތު 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

މިކަމާ ގުޅޭ ފޯމާއި ބިންތަކުގެ ޗާޓު މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މައުލޫމާތެއް ސާފުކުރަން ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 4004900 ނަންބަރު ފޯނާ ގުޅުއްވުމަށް ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450