Ads by Exprox

ޚަބަރު

މިދިޔަ މަހު އެކަނިވެސް 204 މަގުމަތީގެ އެކްސިޑެންޓް ހިނގައިފައިވޭ: ފުލުހުން

މިދިޔަ މަހު އެކަނިވެސް 204 މަގުމަތީގެ އެކްސިޑެންޓް ހިނގައިފައިވޭ: ފުލުހުން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2024، 07:30

07 ސެޕްޓެމްބަރު 2024، 07:30

ހުލާސާ

މިދިޔަ މަހު އެކަނިވެސް 204 މަގުމަތީގެ އެކްސިޑެންޓް ހިނގައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުގެ ކުށުގެ ރިޕޯޓް ތަކުން ދައްކައިފިއެވެ.

މިދިޔަ މަހު އެކަނިވެސް 204 މަގުމަތީގެ އެކްސިޑެންޓް ހިނގައިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުގެ ކުށުގެ ރިޕޯޓް ތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ “ކްރައިމް ރިޕޯޓް” ތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1907 އެކްސިޑެންޓެއް ހިނގައިފައިވާކަމަށެވެ.

ފުލުހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓު މަހު 204 ޓްރެފިކް އެކްސިޑެންޓު ހިނގާފައިވެއެވެ. މިއީ ވައްކަމާއި ޖެހިގެން ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލަކަން ފާހަގަކޮށްލަން ޖެހެއެވެ. 

ހަމައެއާއިއެކު، މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެކެވެ. މިގޮތުން ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 1476 އެކްސިޑެންޓެވެ.

މިއަހަރު ރިޕޯޓްކޮށްފައިވާ އެކްސިޑެންޓް ތަކުގެ ތަފާސް ހިސާބު:

1) ޖެނުއަރީ- 263

2) ފެބްރުއަރީ- 267

3) މާޗް- 301

4) އޭޕްރިލް- 221

5) މޭ- 226

6) ޖޫން- 215

7) ޖުލައި- 210

8) އޮގަސްޓު- 204

ދެ އަހަރު ވެސް އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައިވަނީ މާލޭ، ހުޅުމާލެ، އަދި ވިލިމާލޭގެ ޕޮލިސް ސްޓޭޝަންތަކަށެވެ.

ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު ވަނީ މަރުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco