Ads by Farudhun

ޚަބަރު

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 ނޮވެމްބަރު 2026، 10:25

11 ނޮވެމްބަރު 2026، 10:25

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާގެ މެސެޖު ފޮނުއްވާފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި، ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އުޚްތުންނާއި އަޚުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.



ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ޒަމާންތަކެއްވެފައިވާ ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނެސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރެވުނު ތާރީޚީ މުނާސަބަތާއި ގުޅުވައިގެންނެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ފެށިގެން ދިޔައީ 11 ނޮވެމްބަރު 1968 ގައެވެ. އެ ދުވަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި މަޤާމުގެ ހުވާކުރެއްވީ އިބްރާހީމް ނާޞިރެވެ. މީގެ ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔާއެއް އިޢުލާނުކުރެވުނީ 1 ޖެނުއަރީ 1953 ގައެވެ. އެފަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ މުޙައްމަދު އަމީނެވެ.

ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލު ރަމްޒުކޮށްދޭ ދުވަހެވެ. މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 58 އަހަރު ފުރުނު މުނާސަބަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450