ސައިންސް / ދުނިޔެ

ސްޕޭސްއެކްސްއިން ސްޓާބޭސް ސިޓީއަކަށް ހެދުމަށް އެދި ކޯޓަށް ސިޓީ ފޮނުވައިފި

ސްޕޭސްއެކްސްއިން ސްޓާބޭސް ސިޓީއަކަށް ހެދުމަށް އެދި ކޯޓަށް ސިޓީ ފޮނުވައިފި

ސްޓަރބޭސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޑިސެމްބަރު 2024، 09:27

14 ޑިސެމްބަރު 2024، 09:27

ޓެކްސަސްގައި ހުންނަ ސްޕޭސްއެކްސްގެ ސްޓާބޭސް ސިޓީއަކަށް ހެދުމަށް އެދި އެ ކުންފުނިން ފަނޑިޔާރަކަށް ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީ ފޮނުވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ކެމަރޫން ކައުންޓީގެ ފަނޑިޔާރު އެޑީ ޓްރެވިނޯ ޖޫނިއަރއަށެވެ.

ސްޓާބޭސްގެ ޖެނެރަލް މެނޭޖަރ ކެތްރިން ލުއެޑަރސް ފޮނުވި މި ސިޓީގައި ވަނީ ސްޓާބޭސް ސިޓީއަކަށް ހެދުމާ ގުޅޭގޮތުން ވޯޓެއް ނެގުމަށް އެދިފައެވެ. ސްޓާބޭސްއަކީ ސްޕޭސްއެކްސްގެ ސްޓާޝިޕް ތަރައްޤީކޮށް އުފައްދާ ތަނެއްކަމަށާއި، މި މަޝްރޫޢުގެ ސަބަބުން އިންސާނުންނަށް ބޭރު ޖައްވަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ސްޓާބޭސް ސިޓީއަކަށް ހެދުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް  ފަސޭހަވެގެންދާނެ ކަމަށް ސްޕޭސްއެކްސްއިން ބުނެފައިވެއެވެ. މިހާރުވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މުވައްޒަފުން ދިރިއުޅެމުންދާ ކަމަށާއި، މުސްތަޤުބަލުގައި އިތުރު މުވައްޒަފުން ގެނައުމަށް ރޭވިފައިވާ ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސްޓާބޭސް ސިޓީއަކަށް ހެދުމުން ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސްޕޭސްއެކްސްއިން ޔަޤީންކޮށްދީފައިވެއެވެ. އަދި ސްޓާބޭސް ސިޓީއަކަށް ހެދުމަކީ ދެކުނު ޓެކްސާސްއާއި ކެމަރޫން ކައުންޓީގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ސްޕޭސްއެކްސްއިން ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން