ދުނިޔެ

ރިޔާޟާއި އިރުމަތީ ޕްރޮވިންސަށް ހޫޘީން ދިން މިސައިލާއި ޑްރޯން ހަމަލާތަކެއް ސައޫދީން ވައްޓާލައިފި

ރިޔާޟާއި އިރުމަތީ ޕްރޮވިންސަށް ހޫޘީން ދިން މިސައިލާއި ޑްރޯން ހަމަލާތަކެއް ސައޫދީން ވައްޓާލައިފި

ސައޫދީ އަރަބިއްޔާގެ މަގެއް. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ނޮވެމްބަރު 2026، 10:09

15 ނޮވެމްބަރު 2026، 10:09

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ބެލިސްޓިކް މިސައިލުތަކަކާއި، އެ ގައުމުގެ އިރުމަތީ ޕްރޮވިންސަށް ފޮނުވާލި ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކޮށްފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ، އީރާނުގެ މަދަދު ލިބޭ ހޫޘީންނާއި ދެކޮޅަށް ހަނގުރާމަކުރާ ކޯލިޝަނުން އާދީއްތަ ދުވަހު ބުނީ، ދިފާއީ ބާރުތަކުން ވަނީ ރިޔާޟަށް އަމާޒުކުރި ބެލިސްޓިކް ދެ މިސައިލްގެ އިތުރުން އިރުމަތީ ޕްރޮވިންސަށް ވާސިލުވާން އުޅުނު ތިން ޑްރޯން ވައިގެ ތެރޭގައި ނައްތާލާފައި ކަމަށެވެ.

ޔަމަނުގެ އާބާދީ ބޮޑެތި އެތައް ސަރަހައްދެއްގެ ކޮންޓްރޯލް އޮންނަ ހޫޘީން ފަހަކަށް އައިސް ވަނީ ސައޫދީގެ ވެރިރަށަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. މިގޮތުން، މިދިޔަ ހަފުތާގައި ހޫޘީން ދިން ހަމަލާއެއްގައި ރިޔާޟުގެ މާލީ މަރުކަޒުގައި ހުންނަ ސައޫދީ އަރާމްކޯގެ އިދާރީ އިމާރާތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ސައޫދީ އަރަބިއްޔާގެ އިގުތިސާދީ މައި އިންޖީނު ކަމުގައި ބެލެވޭ އިރުމަތީ ޕްރޮވިންސަކީ އެ ގައުމުގެ ތެލާއި ގޭހުގެ ރިޒާވްގެ ބޮޑުބައެއް ހިމެނޭ އަދި އަރާމްކޯގެ މައި މަރުކަޒު ވެސް ގާއިމުވެފައިވާ ސަރަހައްދެވެ. އެ ސަރަހައްދަށް ވޭތުވެދިޔަ މަދު ހަފުތާތަކެއްގެ ތެރޭގައި ހޫޘީންގެ ހަމަލާތައް ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ދިން ހަމަލާއެއްގައި އެ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ހޫޘީން، ސައޫދީގެ ވައިގެ ބަނދަރުތަކަށާއި، ކަނޑުގެ ބަނދަރުތަކަށާއި ތެލުގެ ވަސީލަތްތަކަށް ދޭ ހަމަލާތައް އިތުރުކުރަމުންދާއިރު، އޭގެ ރައްދުގައި ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ވެސް ވަނީ ޔަމަނުގައި ހުރި ހޫޘީންގެ އަސްކަރީ މަރުކަޒުތަކާއި އަމާޒުތަކަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450