Ads by Ministry of Arts, Culture and Heritage

ޚަބަރު

އިސްލާމީ ހައްދުތައް ތަންފީޒު ކުރުމަކީ ރައީސް މުއިއްޒަށް ކުރެއްވިދާނެ ކަމެއް: މައުރޫފް

އިސްލާމީ ހައްދުތައް ތަންފީޒު ކުރުމަކީ ރައީސް މުއިއްޒަށް ކުރެއްވިދާނެ ކަމެއް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު - ފޮޓޯ: ހަތާވީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

16 ނޮވެމްބަރު 2026، 12:15

16 ނޮވެމްބަރު 2026، 12:15

ކީރިތި ޤުރުއާނާއި ކައު ރަސޫލާގެ ސުންނަތުން ސާބިތުވާ އިސްލާމީ ޝަރީޢަތުގެ އެންމެހައި ޙުކުމްތައް ހެޔޮ ނިޔަތުގައި ރާއްޖޭގައި ތަންފީޒުކުރަން ޖެހޭ ކަމަށާއި، މި ސަރުކާރުން އެކަން ކުރައްވާފާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި، ހުކުމް ތަންފީޒު ކުރުމާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް  ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މިފަދަ ކަންކަން ނިންމެވުމުގައި "ވަރަށް ގަޓް ހުރި" ބޭފުޅެއް ކަމަށް މަޖިލީހުގެ ތަޅުމުގައި ތިއްބެވި ބައެއް މެންބަރުންވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ރައީސް މުޢިއްޒު މިފަދަ ބައެއް ހަރުދަނާ ފިޔަވަޅުތައް އަޅުއްވާފައިވާތީ، ޝަރުޢީ ޙުކުމްތައް ތަންފީޒު ކުރެއްވުމުގެ ނިންމެވުން ވެސް އެމަނިކުފާނު ނިންމަވާފާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް މުއިއްޒަކީ މިކަހަލަ ކަންކަމުގަައި ވަރަށް ގަޓް ހުރި ބޭފުޅެއް ކަމަށް މި ތަނުގައި ތިއްބެވި ބައެއް މެމްބަރުން ވިދާޅުވޭ، އަދި މި ކަހަލަ ބައެއް ކަންކަން ކުރައްވާފައިވެސް އެބަހުރި، އެހެން ވީމާ ފަހަރުގައި މިކަން ރައީސް ކުރައްވަފާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރަން"

މައުރޫފު ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމު ފައްކާ ނުވާކަމަށް ބުނެ އިސްލާމީ ޙުކުމްތައް ތަންފީޒު ކުރުން ފަސްނުކުރެވޭނެކަމަށާއި، ޝަރުޢީ ނިޒާމު ފައްކަލެއް ނުވެއޭ ކިޔައިގެން މިކަން ޑްރެގްކޮށް ލަސްކުރުމަކީ އެއްވެސް ޙާލަތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޝަރުއީ ނިޒާމު ފައްކަލެއް ނުވެއޭ ކިޔާ މި ޑްރެގް ކޮށް، ލަސްކުރުމަކީ އެއްވެސް ހާލަތެއްގައި ކުރެވޭނެ ކަމެއް ނޫން"

މައުރޫފު ވިދާޅުވިއެވެ.

އަދި ހަމައެކަނި ވަކި ކަމެއް ނޫން ކަމަށާއި، ވައްކަން ކުރުމުން އަތް ބުރިކުރުމާއި، ޒިނޭގެ ކުށުގައި ރަޖަމު ކުރުން ފަދަ ޝަރީޢަތުގައި ކަނޑައެޅިފައިވާ އިސްލާމީ ޙައްދުތައް ވެސް ތަންފީޒު ކުރަންޖެހޭ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޤައުމުގައި ފުރިހަމަ އިސްލާމީ ނިޒާމެއް ޤާއިމުކުރަން ޖެހެނީ އިސްލާމީ ހުރިހާ ޙުކުމްތަކެއް ތަންފީޒުކޮށްގެން ކަމަށެވެ.

މި ސަރުކާރުން މިހާރުވެސް ގެންދަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤާނޫނީ އޮނިގަނޑުތަކާއި ޙުކުމްތައް ބަދަލުކުރުމަށާއި، ރާއްޖޭގައި އިސްލާމީ ރިވެތި ވެއްޓެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކަށް އިޙުތިރާމު ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތުމުގެ އިސްލާމީ މަތިވެރި އަޚްލާޤު މީހުންގެ ހިތްތަކުގައި އަށަގެންނެވުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450