Ads by Ministry of Arts, Culture and Heritage

ޚަބަރު

ފަސްޓް ލޭޑީ އަރިހަށް ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރައްވައިފި

ފަސްޓް ލޭޑީ އަރިހަށް ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރައްވައިފި

ފަސްޓް ލޭޑީ އަރިހަށް ޕާކިސްތާނުގެ ސަފީރުގެ އަނބިކަނބަލުން ވަދާޢީ ޒިޔާރަތް ކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 05:52

16 ނޮވެމްބަރު 2026، 05:52

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން މެޑަމް ހުމައިރާ ލޯދީ ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒަމާނުއްސުރެ ޕާކިސްތާނުން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ އަގު ވަޒަންކުރައްވާފައެވެ. އަދި ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުން އަދާކުރެއްވި ފުރިހަމަ މެހްމާންދާރީއަށް ޝުކުރު އަދާކުރައްވަމުން، މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ފަހިވެގެންދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަންހެނުންގެ ދައުރު ފުޅާކޮށް ބާރުވެރިކުރުވުމަށާއި، ރާއްޖެ އާއި ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ހުމައިރާ ލޯދީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން ކުރިމަގުގައިވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450