Ads by Exprox

ޚަބަރު

ބުދަދުވަހުގެރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ!

ބުދަދުވަހުގެރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ!

ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓް. ފޮޓޯ: އެމްވީ ކްރައިސިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2024، 11:45

08 ސެޕްޓެމްބަރު 2024، 11:45

ބުދަދުވަހުގެރޭ މާލޭގަ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ. 

މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު، ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ސައިކަލުގައި އިން 20 އަހަރުގެ ޒުވާނާއަށް ބޮޑެތި އަނިޔާ ތަކެއްވެ އޭނާއަށް ވެންޓިލޭޓަރގައި ފަރުވާ ދީފައިވެއެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް އެޒުވާނާ ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އޭނާގެ އާއިލާ އާއި ހަވާލާދީ ފުލުހުން މިއަދު ބުނެފައިވެއެވެ.

ބުދަދުވަހުގެރޭ  ހިނގި އެކްސިޑެންޓުގައި އަނިޔާވި މި ޒުވާނާ ނިޔާވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ. އެ އެކްސިޑެންޓުގައި ނިޔާވީ 23 އަހަރުގެ ޒުވާނެކެވެ.

ބުދަދުވަހުގެރޭގެ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ 20 އަހަރުގެ ޒުވާނެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco