Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާއެކު ސައިކަލެއްގައި ފިލަންއުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ސައިކަލެއްގައި ފިލަންއުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ފުލުހުން

farudhun logo

ފަރުދުން

19 ނޮވެމްބަރު 2026، 02:54

19 ނޮވެމްބަރު 2026، 02:54

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ  ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ)އާއި، ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒު ޢަބްދުﷲ (21އ)އެވެ. މި ދެ މީހުން ހައްޔަރު ކުރީ މި މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ފޭސް 1އިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް 1ގައި ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، ހަ ރަބަރު ޕެކެޓުގެ އިތުރުން 18 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެމީހުންގެ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ  އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒު ޢަބްދުﷲ ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުންގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ނިމުނު އޮކްޓޫބރު މަހު މަސްތުވާތަކެތީގެ 184 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ ޖުމްލަ  2،282 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450