ޚަބަރު
ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދީފި
ސްޓެލްކޯ/ ފޮޓޯ: ޕީއެސްއެމް
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި ކަރަންޓުގެ ހިދުމަތް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މައްޗަންގޮޅި އަދި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަމަށް ވެސް ބުނެފައިވެއެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދެން. މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) November 19, 2026
އެ ސަރަހައްދުތަކުން މިހާރު ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އާންމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.