Ads by Farudhun

ޚަބަރު

މިއީ ރާއްޖެ ނިކަމެތިކޮށްލުމަށް އެމްޑީޕީން ޖަހާ މަޅިއެއް: ރައީސް ނަޝީދު

މިއީ ރާއްޖެ ނިކަމެތިކޮށްލުމަށް އެމްޑީޕީން ޖަހާ މަޅިއެއް: ރައީސް ނަޝީދު

ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަނީ---

farudhun logo

ފަރުދުން

19 ނޮވެމްބަރު 2026، 04:38

19 ނޮވެމްބަރު 2026، 04:38

ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރަން މަސައްކަތްކުރާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާ އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަމުންދާތީ، އެއީ ރާއްޖެ ނިކަމެތިކޮށްލުމަށް ޖަހާ މަޅިއެއް ކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު ނަޝީދު، ނުސީދާކޮށް އެ ކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއާ ގުޅޭގޮތުން، އެމްޑީޕީގެ އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދަންނަ އެމްޑީޕީ އަކީ ތިމާގެ ވިސްނުން ނޭފަތު ކުރިއަށް ވުރެ ދުރަށް އަދި ރަށު ގޮނޑުދޮށުން ވެސް ދުރަށް، އަތޮޅު ދުނިންވެސް ބޭރަށް އަދި ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިޔުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ އަބަދުވެސް މަލްޓި ކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ ޕާޓީއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ އަބަދުވެސް ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމެއް ކަމަށެވެ.

އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތަނަވަސް ޢާއިލާތަކުގެ ބޭބޭފުޅުން ލަންކާގައްޔާއި މާލޭގައި ބިމާ ގެދޮރު ހުރެމެ، އަދި ދަރިން ވެސް ބޭރު މީހުންނާ ކައިވެނި ކޮށްގެން ބައިތިއްބައިގެން ތިބެ، ދިވެހި އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށެވެ.

މީ ރާއްޖެ ނިކަމެތި ކަމުގައި ބާއްވަން ޖަހާ މަޅިއެއް.

ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓާ ފްރަންޓަކާއި މެރީނާއެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިދިކޮޅު އެމްޑީޕީން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި، އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. 

ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ނެތް ނަމަވެސް، ޕާޓީގެ ބައެއް ބޭފުޅުން އެމަނިކުފާނުގެ ނަން ފާހަގަކުރައްވާތީ ސީދާ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދެއްވަން ޖެހިވަޑައިގެންނެވީ ކަމަށެވެ. އަދި މިފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ސިޔާސީ ސަބަބުތަކަށްޓަކައި ހުރަސްއެޅުމުގެ ބަދަލުގައި، އެމަނިކުފާނު ހުންނެވީ ސީދާ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ގޮތަށް ކަމަށް ސާފުކޮށް ވިދާޅުވިއެވެ.



މީގެއިތުރުން، އެމްޑީޕީގެ ތެރެއިން މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފައްދާ މަންޒަރު ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވަމުން، ނަޝީދު ފާހަގަކުރެއްވީ ރާއްޖޭގެ ތާރީޚުގައި ވެސް މީހުން ވަޒަންވެރިވެ އުޅެފައިވާ ގޮތަށް ބަލާއިރު މިއަދުގެ ހުރިހާ ރައްޔިތުންނަކީ ވެސް "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ބިރުދައްކައި، މުސްތަގުބަލުގައި ވެދާނެ ކަމަށް ބުނެ ސާބިތު ނުހިފޭ ކަންކަމުގެ މައްޗަށް ބިނާކޮށް ގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަރައްގީއަށް ހުރަސްނޭޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450