ޚަބަރު
ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ، ވެރިކަން ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭ ބައިވެވުން: ވަޒީރު ހީނާ
ފޮޓޯ: ރައީސް އޮފީސް
ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ވެރިކަން ހިންގުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންނަށް ބައިވެރިވެވޭ ބައިވެވުން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި ހީނާ ވިދާޅުވީ ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމަތާއި މިނިވަންކަމާއެކު ބަސްބުނުމުގެ ޙައްޤު ޔަޤީންކޮށްދޭ ވެރިކަމެއް ކަމަށެވެ.
"ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމަތާ މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގު ޔަގީންކޮށްދީ ކޮންމެ މީހެއްގެ އަބުރާ ކަރާމާތް ރައްކާތެރިކޮށްދީ ވެރިކަމުގައި ރައްޔިތުންނަށް ބައިވެވޭ ވަރަށް ފުރިހަމަ ނިޒާމެއް. ޖުމްހޫރީވެރިކަމެއްގެ އެންމެ ބޮޑު ފައިދާ އަކީ ވެރިކަމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ރައްޔިތުންނަށް ބައިވެރިވެވޭ ކަންކަމީ ރައްޔިތުންނާ ގުޅިފައިވާ ރައްޔިތުންގެ ދުވަހެއް."
ހީނާ ވިދާޅުވިއެވެ.
ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެޔަށް ތާރީޚުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތައާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގާ އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އަދި ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެޔަށް ތާރީޚުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތަޢާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގާ އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއް ކަމަށާއި މިއީ ގައުމެއްގެ ގޮތުން ދިވެހިންނަށް ލިބިފައިވާ ފަޚުރެއް އަދި ޝަރަފެއްކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމަށާއި ވުމާއެކު ރައްޔިތުންނަކީ މުރުއްވަތްތެރި އަޚުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމަށް ކާބަފައިން އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ. އަދި އަނެކުންނާ ރީތިކޮށް މުޢަމާލާތްކޮށް އުޅޭ އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށްވެސް ވާންޖެހޭ ކަމަށާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚުލާސްތެރިކަން އިސްކުރުމަށްވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ކާބަފައިން ގޮވާލައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ޖުމުހޫރީ ދުވަހަކީ ކޮންމެ އަހަރެއްގަވެސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ.