Ads by Farudhun

ޚަބަރު

އިންޓަރޕާ ކޮންފަރެންސްގައި 3 ދިވެހި ފުލުހަކު ބައިވެރިވެއްޖެ

އިންޓަރޕާ ކޮންފަރެންސްގައި 3 ދިވެހި ފުލުހަކު  ބައިވެރިވެއްޖެ

އިންޓަރޕާ ކޮންފަރެންސްގައި 3 ދިވެހި ފުލުހަކު ބައިވެރިވުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ނޮވެމްބަރު 2026، 08:42

21 ނޮވެމްބަރު 2026، 08:42

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީސް (އިންޓަރޕާ) ގެ 15 ވަނަ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތިން އޮފިޝަލުން ބައިވެރިވެވަޑައިގެންފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި 2026 ނޮވެމްބަރު 16 އިން 18 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙުމާ ސަޢީދުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޝަން އިސްމާޢީލް ޞަފްޙަތެވެ.

ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ ދަށުން ހިންގާ ގަތަރު ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން 3 ދުވަހަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ގައުމުތަކުގެ ޕޮލިސް އެކަޑަމީތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނު މަރުކަޒުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއީ ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަޖުރިބާ ބަދަލުކުރުމާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ކޮންފެރެންސެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ކޮންފަރެންސްގައި މަޝްވަރާކުރެވުނީ ފުލުހުންގެ ތައުލީމާއި ތަމްރީނު ނިޒާމުތައް ޒަމާނީކުރުމަށާއި، ތަމްރީނު މަންހަޖުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރެވޭނެ ގާބިލު އޮފިސަރުން ބިނާކުރުމާ ގުޅޭގޮތުން ކަމަށެވެ.

މީގެއިތުރުން، މި ޕްރޮގްރާމުގެ ތެރެއިން އިންޓަރޕާގެ 15 ވަނަ ޖެނެރަލް އެސެމްބްލީ ބައްދަލުވުމާއި 30 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުން ވެސް ވަނީ ކުރިއަށް ގޮސްފައެވެ. މި ބައްދަލުވުންތަކުގައި، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގެ އިތުރުން ފުލުހުންގެ ތައުލީމާއި ތަމްރީނުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450