Ads by Farudhun

ޚަބަރު

11 މީހުންނާއެކު ދިޔަވި ޑިންގީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

11 މީހުންނާއެކު ދިޔަވި ޑިންގީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

11 މީހުންނާއެކު ދިޔަވި ޑިންގީއަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިނުން. ފޮޓޯ: އެމްއެންޑީއެފް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ނޮވެމްބަރު 2026، 09:54

21 ނޮވެމްބަރު 2026، 09:54

ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރިއަށް 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 20:11 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113" ލޯންޗު، ޑައިވަރުންނާއި ޕަންޕާއެކު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. 

ކޯސްޓްގާޑުގެ ޑައިވަރުން ޑިންގީ ބެލިބެލުމުން، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ޑިންގީއިން ފެން ހިއްކުމަށްފަހު 3 މީހުންނާއެކު ޑިންގީ ހުޅުމާލެއަށް ދަތުރުކުރިއިރު، ޑިންގީގައި ތިބި 7 އަންހެނުންނާއި، 7 އަހަރުގެ ކުޑަކުއްޖާ ރޭ 21:30 ހާއިރު ސަލާމަތްތެރިކަމާއެކު ކޯސްޓްގާޑުގެ ސިފައިން ވަނީ ހުޅުމާލެއަށް ގެންގޮސްދީފައެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިފައިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450