Ads by Farudhun

ޚަބަރު

ތިމަރަފުއްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ތިމަރަފުއްޓާއި ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ތ. ތިމަރަފުށި/ ފޮޓޯ: ބުކިން.ކޮމް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

21 ނޮވެމްބަރު 2026، 10:36

21 ނޮވެމްބަރު 2026، 10:36

ތ. ތިމަރަފުއްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވައިރޮމެންޓް އެންޑް އެނާޖީއިން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ތިމަރަފުއްޓާއި ފޮނަދޫގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާކަމަށެވެ. މި ދެ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާއިރު, މި ދެ ރަށުގެ ޕްރޮޖެކްޓަށް ވެސް ބީލަން ހުށަހެޅުމުގެ ސުންގަނޑިއަކީ 7 ޖެނުއަރީ 2027 ގެ ހެނދުނު 09:00 ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ދެ މަޝްރޫއު އަށް ބީލަން ފޮތް ވިއްކުމަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖެނުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ފޮތް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ދެ މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ދެ ބައްދަލުވުން އޮންނާނީ ޑިސެމްބަރު 1 އަދި ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައިކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މި އިއުލާނުގައިވާގޮތުން ތިމަރަފުށީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް  26,480.67  އަކަމީޓަރުގެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު މި ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މި ހޮޓާ އިމާރާތްކޮށް ހިދުމަތް ފެށުމަށް ކާމިޔާބުކުރާ ފަރާތަށް 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށާއި ލީސް އެކުއިޒިޝަން ފީގެ ގޮތުގައި 100,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ބޭންކެއްގައި 25000 އެމެރިކާ ޑޮލަރު ޑިޕޮސިޓް ކުރަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފޮނަދޫގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގުމަށް ތިން ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ބިންތަކުގެ ބޮޑު މިނަކީ:

  • ފުރަތަމަ ބިން: 32,129 އަކަފޫޓު
  • ދެވަނަ ބިން: 33,801 އަކަފޫޓު
  • ތިންވަނަ ބިން: 26,736 އަކަފޫޓު

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ މި ބީލަންތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 05 ޖަނަވަރީ 2027 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450