Ads by Farudhun

ޚަބަރު

މިއަހަރު އެންމެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމުމަށް: ވަޒީރު

މިއަހަރު އެންމެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމުމަށް: ވަޒީރު

ފިނޭންސް މިނިސްޓަރު ޒަރީރު/ފޮޓޯ:މިހާރު

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

21 ނޮވެމްބަރު 2026، 03:51

21 ނޮވެމްބަރު 2026، 03:51

މިއަހަރު އެންމެ ބޮޑަށް އިސްކަން ދެއްވާނީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 އިންސައްތަ ނިންމުމަށް ކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. 

ހަސަން ޒަރީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގެ ހަފްތާ 156 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޒަރީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑެތި މަޝްރޫއުތަކުން ފެށިގެން ވަރަށް ބޮޑެތި މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި އެގޮތުން 3000 އަށް ވުރެ ގިނަ މަޝްރޫއު މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ކަމަށެވެ. އަދި މިއަހަރުގައި  އެންމެ ބޮޑަށް އިސްކަންދޭނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫތަކުގެ ތެރެއިން %70 މަޝްރޫޢު ނިންމުމަށް ކަމަށާއި މިކަން ކަށަވަރު ކުރެވޭނެ ނިޒާމުތައް ފިނޭންސް މިނިސްޓްރީ ހިމެނޭހެން އެކި މިނިސްޓްރީތަކުގައި ގާއިމްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަޑަނޑުމެން މިކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރިން. ހުރިހާ މިނިސްޓްރީއެއްގައިވެސް އެބަހުރި. ހަމައެއާއެކު މާލީ ވުޒާރާގައި އަޅުގަނޑުމެންގެވެސް އެބަހުރި ވަކި ސިސްޓަމެއްގެ ތެރެއިން ހިންގާ ނުހިންގާ ގޮތް ބެލުމަށް ޕްރޮޖެކްޓް މެނޭޖްމެންޓް ސިސްޓަމެއް މިވަނީ ޤާއިމްކުރަނީ. އެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް އެބައެނގޭ ޕްރޮޖެކްޓްތައް ކުރިއަށްދާނެގޮތް އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހިފައި އެބަހުރި."

މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުން ގާއިމްކޮށްފައިވާ ނިޒާމުތަކާއެކު މަސައްކަތްތައް ނިންމައި ނަތީޖާ ނެރޭތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ދެއްކިފައި ހުރުމުން ޕީއެސްއައިޕީއަށް ކުރެވޭ ހަރަދުތައް ބަޖެޓުގައި އިތުރަށް ހިމަނާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ދަރަނީގެ ވަރަށް ބޮޑު ބައެއް ދެއްކިފައި ހުރުމާއެކު އަޅުގަނޑުމެން، މިއަންނަ އަހަރު ޕީއެސްއައިޕީއަށް ކުރެވޭ ޚަރަދުތައްވެސް، ބަޖެޓުގައިވެސް އިންނާނީ ހިމަނާފައި އިތުރަށް. އަދި މީގެ އިތުރަށް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުންވެސް ޕްރޮޖެކްޓައް ހިންގާ. އެ ޕްރޮޖެކްޓައްވެސް މިހާރު ފެއްޓި، އެ ޕްރޮޖެކްޓުތަކުގެ ޕްރޮގްރެސް ފެންނަމުންދޭ."

މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ އަހަރުގެ ބަޖެޓުގައި 8.2 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު ބޮޑު ހަރަދެއް ކުރުމަށް ބަޖެޓުގައި  ހިމަނާފައިވަނީ އިގުތިސާދީ ތަރައްގީގެ އަސާސީ ވަސީލަތްތަކަށެވެ. އެއީ 3.07 ބިލިޔަން ރުފިޔާއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ކ

ކަބަލުން

21/11/2026 16:14

ތިކިޔޭ އެއްޗެއް އެބައެގޭތަ އެއްފަހަރު ބުނާނެ ދަރަނި ދައްކާފީމޭ އަނެއް ފަހަރު އެބުނީ ބައެއް ދެއްކިއްޖެ ދެންބުނާނީ އަދި އޮތީ ދަރަނި އޮތްގޮތައް ވެރިކަމުން ފާބަމުންދައްކާނީ ދޮގު ސަރުކާރު ....... ....