Ads by Farudhun

ޚަބަރު

އިންސާފުވެރި މަސައްކަތު މާހައުލެއް ކަށަވަރުކޮށް، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އިންސާފުވެރި މަސައްކަތު މާހައުލެއް ކަށަވަރުކޮށް، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އިންސާފުވެރި މަސައްކަތު މާހައުލެއް ކަށަވަރުކޮށް، ދެފުށް ފެންނަ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވުން - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ނޮވެމްބަރު 2026، 10:12

21 ނޮވެމްބަރު 2026، 10:12

ދިވެހިރާއްޖޭގެ އެކި ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކޮށްދެއްވައި، އިންސާފުވެރި އަދި ދެފުށް ފެންނަ މަސައްކަތު މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ކަންބޮޑުވުންތަކަށް މެނޭޖްމަންޓުން އިޖާބަ ނުދިނުމުގެ ސަބަބުން އިންސާފު ހޯދުމަށް ހުރި ދަތިތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

"އަޅުގަނޑުމެންގެ ވެރިންނަށް ސީދާ ތިއްބަވަނީ ނަރުހުންނެއް ނޫން ބައެއް ތަންތަނުގައި. ބައެއް ފަހަރު އަޅުގަނޑުމެންގެ ޕްރޮފެޝަނަރ ބަލާލުމެއް ނެތި، މިސާލަކަށް އަޅުގަނޑުމެންގެ މަސައްކަތް ކުރާގޮތް ނޭނގި ހުރެ އަޅުގަނޑުމެންގެ ޒިންމާތައް ކަންކަން ކުރެވޭ އެބަ. ރައީސްއަށް އަސްލު މިކަހަލަ ކަންކަން ނަރުހުންނަށް އަޅުގަނޑައް އެކަންޏެއް ނޫން. މި ދޭތެރެއިން އައިޖީއެމްއެޗްއަށް ދެވިއްޖެ. އެތަނުންވެސް ފާހަގަވި ނަރުހުންނަށް ދިމާވެފައި އެބަހުރި. މިކަން ވަަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ގޮތެއް"

ރައީސް އާއި ބައްދަލު ކުރެއްވި ނަރުސް ފާހަގަކުރެއްވިއެވެ.

އެ ނަރުސް ފާހަގަކުރި ގޮތުގައި ބައެއް މަރުކަޒުތަކުގެ ވެރިންނަށް ސީދާ ނަރުހުން ނޫން ފަރާތްތައް ތިބުމުގެ ސަބަބުން، ނަރުހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ރަނގަޅަށް ދެނެނުގަނެ ޒިންމާތައް ކަނޑައެޅުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. އަދި އައިޖީއެމްއެޗް ފަދަ ބޮޑެތި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ ކަންކަން ހުރިކަން ފާހަގަކޮށް، މުވައްޒަފުންގެ ޝަކުވާތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ނިޒާމެއްގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަކިން ހާއްސަކޮށް ނަރުހުންނަކީ މުޖުތަމައަށް ވަރަށް އަގުހުރި، ހާއްސަ ޚިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވާތީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމުކުރުމަށާއި، މުވައްޒަފުންގެ ޝަކުވާތަކަށް ދެފުށް ފެންނަ އަދި ޒިންމާދާރު އުސޫލަކުން ޖަވާބުދާރީވެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ޤައިމްކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑު އެހުމާއި އެކަންކަމަށް ޖަވާބު ދާރީވުމާއި ވީހާވެސް ދެފުއް ފެންނަ ގޮތައް، މުވައްޒަފުންނާއި ދޭތެރޭ ނަރުހުން ހާއްސަކޮށް ވަރަށް މުހިންމު ހިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލާދޭނަން"

ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރުވެސް ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރަކުރުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވަނީ އެކުލަވާލާފައެވެ. މީގެއިތުރުން، އެއްވެސް މީހަކު ބާކީނުކޮށް ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި ފުރުސަތުތަކާއި އެކަށީގެންވާ މާހައުލެއް ތަނަވަސްކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މަސައްކަތުގެ މާހައުލަކީ މުވައްޒަފުންގެ ހިތްހަމަޖެހުމާއި އުފެއްދުންތެރިކަން އިތުރުކޮށްދޭ ތަނަކަށް ހެދުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ "ސެމިނަރ އޮން ވަރކްޕްލޭސް މެންޓަލް ވެލްބީން" ގެ ނަމުގައި ޚާއްސަ މަހާސިންތާއެއް ވެސް ބާއްވާފައެވެ. މި ސެމިނާރުގައި ވަނީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ނިޒާމީ ގޮތެއްގައި ކަންކަން ދެނެގަނެ ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450