Ads by Farudhun

ޚަބަރު

ތިން އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މެދުކެނޑިފައި ހުރި އެތައް މަޝްރޫއެއް ނިންމުން: ޒުހައިރު

ތިން އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މެދުކެނޑިފައި ހުރި އެތައް މަޝްރޫއެއް ނިންމުން: ޒުހައިރު

މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު - ފޮޓޯ: އެޑިޝަން އެމްވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ނޮވެމްބަރު 2026، 09:05

21 ނޮވެމްބަރު 2026، 09:05

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ، ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި ހުރި ބޮޑެތި މަޝްރޫއުތައް އަލުން ފަށައި ކާމިޔާބުކަމާއެކު ނިންމާލެވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްޓީވީން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، މި ވެރިކަން ފެށުނުއިރު އެތައް މުހިންމު މަޝްރޫއުތަކެއްގެ މަސައްކަތް އެއްވެސް ކުރިއެރުމެއް ނުލިބި، އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން އެޗްޑީސީގެ ހިންގުމާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ހުއްޓިފައި ހުރި އެ މަސައްކަތްތައް އަލުން ހިނގައިގަނެވޭނެ މަގުފަހިކޮށް، ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތް ހެދުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ހާސިލުކުރެވުނު މުހިންމު ކަންކަން ހިއްސާކުރައްވަމުން ޒުހައިރު ވިދާޅުވީ، ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ނުގޮސް އޮތް އެސްޓީއޯގެ ގްރޭންޑް ހޮޓަލުގެ މަސައްކަތް މެންހެޓަން ކުންފުންޏާ ހަވާލުކޮށްގެން ކުރު މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމައި މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، އެޗްޑީސީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ފްލެޓް މަޝްރޫއު ނިންމައި، ކުންފުނީގެ 400 އަށް ވުރެ ގިނަ މުވައްޒަފުންނާ މިހާރު ފްލެޓްތައް ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ އަމިއްލަ ފަރާތްތަކުގެ ހައުސިން މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން، ޖައުސާ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ "ދަ ގާޑެންސް" ހައުސިން މަޝްރޫއު ހުއްޓިފައި އޮތުމަށްފަހު، އެޗްޑީސީން އިސްނަގައިގެން އެ މައްސަލަތައް ހައްލުކޮށް، ގިނަ އަދަދެއްގެ އާއިލާތަކަށް އެޕާޓްމަންޓްތަކަށް ވަދެވޭނެ މަގު ތަނަވަސްކޮށްދެވިފައިވާ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

"އެހެންވީމާ ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރެވުނީ. ވަރަށް ގިނަ ދުވަސްވެފައި ހުރި މަސައްކަތްތަކެއް އަނބުރާ އަޅުގަނޑުމެން އިއާދަކޮށް ނިންމައިލީ،"

ޒުހައިރު ވިދާޅުވިއެވެ

ޒުހައިރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތްވެސް އަލުން ފަށައި މިހާރު ބާރަށް ކުރިއަށް އެބަދެއެވެ. އަދި އަންނަ 18 މަސްދުވަހުގެ ތެރޭގައި އެ ޕާކުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލައި، އާންމުންގެ ބޭނުމަށް ހުޅުވާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

އެމްޑީ އަލީ ޒުހައިރު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ތިން އަހަރަކީ، ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަސައްކަތްތައް އަލުން އިއާދަކޮށް، ރައްޔިތުންނަށް އޭގެ ހަގީގީ ނަތީޖާ ދައްކުވައިދެވުނު ކާމިޔާބު ދުވަސްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450